ށ. ފޯކައިދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 4 އަރައިފިއެވެ.

ފޯކައިދޫން އަލަށް ޕޮޒިިޓިވްވި 2 މީހުންނަނީ ހޯމްކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުންދާ ދެމީހުން ކަމަށް ފޯކައިދޫ ހެލްތުސެންޓަރގެ މެނޭޖަރު އަހުމަދު އަންވަރު "ތިލަދުން"އަށް ވިދާޅުވިއެވެ.

Ad
rt

އެ މީހުން ކޯވިޑް-19 އަށް ޓެސްޓްކުރީ ބައްޔަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، މި މީހުން ހޯމްކަރަންޓީނުގައި ތިބީ މީހުން އުޅޭ ގެއެއްގައި ވަކީން ނެވެ. ނަމަވެސް އެ ގޭގެ މީހަކާއި އެމީހުން ޑައިރެކްކޮންޓެކްޓު ވެފައިވެދާނެ ކަމަށް ލަފާކޮށް މުޅިގެ މިހާރުވަނީ އެެއްކޮށް ކަރަންޓީނުކުރެވިފައި ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

"ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކުރަން. ހޯމްކަރަންޓީނަށް މާލެއިން އަންނަ މީހެއް ގޭގައި ކަރަންޓީނުކުރެވިއްޖެނަމަ، ކަރަންޓީނުގެ އުސޫލުތަކަށް ފުރިހަމައަށް އެއްބާރުލުދެއްވުމަށް އެދެން. ސިއްރުން ނަމަވެސް ކަރަންޓީންކުރެވިފައިވާ މީހުންނާއި އެއްވެސް ކަހަލަ ކޮންޓެކްޓެއް ނުވުމަށް އަަޅުގަނޑު އެދެން. މުޖުތަމައުގެ ރައްކާތެރިކަމަށް އެޗްޕީއޭގެ ގައިޑްލައިނާއި ހޯމްކަރަންޓީނުގެ އުސޫޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެދެން." އަންވަރު ވިދާޅުވިއެވެ.

މިހާތަނަށް ފޯކައިދޫގެ 10 ގެއެެއް ކަރަންޓީނު ކުރެވިފައިވައިރު، 25 ފަރާތެއްވަނީ ހޯމް ކަރަންޓީންކުރެވިފައެވެ.