ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމި ގޮތަށް އެމް.ޑަބްލިއު.އެސްސީ އިން ހިދުމަތްދޭ ރަށްރަށުގެ މި މަހުގެ ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރާއި ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެގޭބީސީތަކުގެ މި މަހުގެ ފެން ބިލުން 30 އިންސައްތަ އަދި ވިޔަފާރިތަކުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓް ދޭނެ ކަމަށެވެ. އަދި އެ ކުންފުނިން ރ.ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުން ކޮންމެ ގޭބިސީއެއްގެ މި މަހުގެ ބިލުން 40 އިންސައްތަ ޑިސްކައުންޓް އަދި ވިޔަފާރިތަކުގެ ބިލުން 20 އިންސައްތަ ޑިސްކައުންޓް ދޭނެއެވެ.

Ad
rt

އެމް.ޑަބްލިއު.އެސް.ސީ އިން ބުނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންމުން ގެންދަވާ ފިޔަވަޅުތަކަށ ފުރިހަމަ އެއްބާރުލުމާއިއެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ހުރިހައި ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރައްވައި މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެންމެން އެކުގައި، އެއްރޫހެއްގައިމަސައްކަތް ކުރުމަށް އެ ކުންފުނިން އެދެއެވެ.

މީގެ އިތުރުން އަތް ދޮވުމުގަޔާއި އަދި އެހެނިހެން ކަންކަމުގައިވެސް ވީހާވެސް އިސްރާފު ކުޑަވާނެހެން ފެން ބޭނުން ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.