މައްކާގެ ގެފުޅުގެ އިމާމު ޝެއިހް ބަންދަރު ބަލީލާއަށް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހުކުރުނަމާދު ކުރަނިކޮން ހަމަލާދޭން އުޅުނު މީހާ އޭނާއަކީ މަހުދީގެ ފާނު ކަމަށް ދައުވާ ކޮށްފިއެވެ.
ސާޅީސް އަހަރުގެ މި މީހާ އިމާމަށް ހަމަލާ ދޭން ދުވެފައި ދާތަން ވީޑިއޯއިން ފެނެއެވެ. އޭނާ އިމާމު މީހާއަށް ހަމާލާ ދޭން ދަނީ ނަމާދު ކުރަނިކޮށެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި މިމްބަރާއި ދާދި ގާތުގައި ހުރި މީހަކު ދުވެފައި އިމާމާއި ދިމާއަށް ދެއެވެ. އޭރު އޭނާގެ އަތުގައި ދަނޑިބުރިއެއް ޒާތުގެ އެއްޗެއް އޮވެ އެވެ. އެމީހާ ހުއްޓުވަނީ އެ ސަރަހައްދުގައި ތިބި ސެކިއުރިޓީ ސިފައިންނެވެ.
ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭނާ އަކީ މަހުދީގެ ފާނުކަމަށް އޭނާ ބުނީ ފުލުހުންނަށް ބަޔާން ދެމުންނެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އެ މީހާއަކީ ބުއްދި ހަމަނުޖެހޭ މީހެކެެވެ.
VIDEO: Attempt by a man to approach the Khateeb during Jumu’ah Khutbah was thwarted by security officials on Friday pic.twitter.com/mFrNu5iUt6
— Haramain Sharifain (@hsharifain) May 21, 2021
މީގެ ކުރިންވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އެގޮތުން ސައުދީގެ މަޝްހޫރު އިމާމް ޝެއިހް އަބްދުއްރަހުމާން އަލް ސުދައިސް އަށްވެސް ވަނީ ވަޅިން ހަމަލާ ދޭން މީގެ ކުރިން މަސައްކަތް ކުރި އެވެ. އެމަނިކުފާނަށް ހަމަލާ ދޭން އުޅުނީ ހަރަމްފުޅުގައި އިންނަވަނިކޮށެވެ.
ސައުދީ ސަރުކާރުން ވަނީ ހަރަމްފުޅުގެ އިމާމުންގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފަ އެވެ. އިމާމުންނަށް ހަމަލާދީ ފުރާނައަށް ގެއްލުންވެދާނެ ކަމުގެ ބިރު އެކި ފަހަރު މަތިން ވަނީ ހީވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!