ހއ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު، މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމާ، އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ.

އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހއ. އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ހއ. އަތޮޅުގެ ހުރިހާ ސްކޫލު/ މަދްރަސާތަކަށާއި، ރަށުކައުންސިލުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލެވިފައިވާކަމަށެވެ.

Ad
rt

މި އިނާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ގެ ކުރިން އެކަމަށްޓަކައި ފުރަން ޖެހޭ ފޯމު ފުރިހަމަކުރުމަށްފަހު ހއ. އަތޮޅު ކައުންސިލް އިދާރާއަށް ހުށަހަޅަން ޖެހޭނެއެވެ. މި އިނާމާ ބެހޭ އިތުރު ތަފްސީލުތަކާއި، ސިޔާސަތުތައް އަދި ފޯމު، އެކައުންސިލުންނާއި، އެއަތޮޅުގެ ރަށު ކައުންސިލްތަކުންނާއި، އެކައުންސިލުގެ ވެބްސައިޓުން ލިބޭނެކަމަށްވެސް އިއުލާނުގައިވެއެވެ.

މި އަހަރު މި އިނާމު ދެނީ އެކި ދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ. އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ހއ. އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނަށާއި، 2017 އަދި 2018 ވަނަ އަހަރު އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަށާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކްލަބު ޖަމުޢިއްޔާތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.