ޗެމްޕިއަންސް ލީގު މިރޭ ފަށަނި

62008922_890713861264522_6487928415667093504_n

ޔޫރަޕްގެ ކުލަބު ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގު މިރޭ ފަށާނެއެވެ. 32 ދެ ޓީމެއްގެ މެދުގައި ކުރިއަށްދާ މި ލީގުގައި މިރޭ ފަށާނި ގުރޫޕް ސްޓޭޖްގެ މެޗްތަކެވެ.
1985 ވަނަ އަހަރު ޔުރަޕްގެ ގައުމުތަކުގެ ލީގު ޗެމްޕިއަނުންނަށް ޚާއްސްކޮށްގެން ޔޫރަޕިއަން ޗެމްޕިއަން ކްލަބް ކަޕްގެ ނަމުގައި ފެށި މި މުބާރާތް 1992 ވަނަ އަހަރު ވަނީ ޗެމްޕިއަންސް ލީގުގެ ނަމަށް އަދި މުބާރާތުގެ އޮނިގަނޑަށް ވަނީ ބަދަލުތަކެއް ގެނެސް ޔޫރަޕުގެ ވަރުގަދަ ލީގުތަކަށް ދޭ ޖާގަތައް އިތުރުކޮށްފައެވެ.
ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނި ލިވަޕޫލް ފުޓްބޯލް ކުލަބެވެ. މިއީ ލިވަޕޫލް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ހަވަނަ ފަހަރެވެ. އަދި އިނގިރޭސިވިލާތައް ނިސްބަތްވާ ކުލަބުތަކުގެ ތެރެއިން ޔޫރަޕުގައި އެންމެ ކާމިޔާބު ކުލަބަކީވެސް ލިވްޕޫލެވެ. ހަމަ އެއާއިއެކު 2012 ވަނަ އަހަރުގެ ފަހުން އިނގިރޭސި ވިލާތައް ނިސްބަތްވާ ކުލަބެއް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މި ސީޒަންގައި ޗެމްޕިއަންސް ލީގު ދިފާއު ކުރުމަށް ލިވަޕޫލް ނިކުންނައިރު ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު ފަސްމެޗްވެސް ކާމިޔާބުކޮށް ލިވަޕޫލް މިވަގުތު އޮތީ ރަނގަޅު ފޯމެއްގައެވެ.
ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމަކީ ސްޕެއިންގެ ގަދަ ބާރު ރިއަލް މެޑްރިޑެވެ. ރިއަލް މެޑްރިޑްއިން ވަނީ ޗެމްޕިއަންސް ލީގު 13 ފަހަރު ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަންގައި ރިއަލް މެޑްރިޑަށް ޗެމްޕިއަންސް ލީގުގައި މާ އެދެވޭ ކުޅުމެއް ނުދެއްކި ދެވަނަ ބުރުން އަޔެކްސް އަތުން ބަލިވެ މުބާރާތުން ކެޓީއެވެ. ފާއިތުވި ސީޒަންގެ ވީ ނާކާމިޔާބީ ހަނދާން ނައްތާލުމަށްފަހު ރިއަލް އިން މިފަހަރު ސީޒަނަށް ކުރިމަތިލީ ބޮޑު ހަރަދެއްކޮށް އެންމެފަހުން ރިއަލް އަށް ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްދިން ކޯޗު ކަމަށްވާ ޒިދާން ރިއަލްގެ ކޯޗު ކަމަށް އަބުރާ ގެނެސްގެންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *