2023 ވަނަ އަހަރު އަންނަންވާއިރަށް އައްޑޫގައި 9118 ޓޫރިސްޓު އެނދު ތަރައްޤީވެގެންދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން ޓޫރިޒަމް ޕްލޭން އެކުލަވާލުމަށްޓަކައި އައްޑޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުގައި ސިޓީ ކައުންސިލުން ބުނީ ހިތަދޫގައި 1000 ޓޫރިޒްޓް އެނދު ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަރަދޫ ، މަރަދޫ ފޭދޫ ގައި 500 އެނދު، ފޭދޫގައި 500 އެނދު އަދި ހުޅުދޫ، މީދޫ ކޮންމެ ރަށެށްގައި 600 އެނދު ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ކައުންސިލުން ބުންޏެވެ.

Ad
rt

ސިޓީ ކައުންސިލުން ބުނީ އައްޑޫގައި ޓޫރިޒަމް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން މުޅިން އަލަށް އަށް ރިސޯޓް ހުޅުވިގެންދާނެކަމަށެވެ. މި ގޮތުން ހަންކެޑެ ސަރަހައްދުގައި 360 ކޮޓަރި ތަރައްޤީކުރުމަށް ނިންމާފައިވާއިރު ހަތަރު ސްޓާ ފެންވަރުގެ 600 އެނދު މުލިކެޑެގައި ހެދިގެންދާނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ.

އަދި ހިތަދޫ ބޭރުފަޅީގައި 840 އެނދުގެ ލެގޫން ރިސޯޓްތައް ތަރައްޤީކުރުމަށް ނިންމާފައިވާއިރު އިސްމެހެލާހެރައިގެ ދެކުނު ފަރާތުގައި 560 ކޮޓަރި ހެދުމަށް ނިންމާފައިވާކަމަށް ވެސް ކައުންސިލުންވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ ސިޓީ ހޮޓަލުގެ ގޮތުގައި އަށް ތަނެއް ތަރައްޤީކުރުމަށް ނިންމާފައިވާ އިރު ތިން ސަރަހައްދެއް ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ.

ޓޫރިޒަމް ޕްލޭން އެކުލަވާލުމަށްޓަކައި އެންމެ ފުރަތަމަ ޚިޔާލު ހޯދުމަށް މާލޭގައި ދިރިއުޅޭ އައްޑޫއަށް ނިސްބަތްވާ ފަރާތްތަކާއެވެ.