ރާއްޖެއިން ބޭރުގައި ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ފަޔަރ ފައިޓިންގ ޓްރެއިނިންގ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު، ހއ. ތުރާކުނު ރަށްވެހިންނަށްވެސް ހުޅުވާލައިފިއެވެ.
ޒުވާނުން ބާރުވެރިކުރުމަށާއި، އެކި އެކި ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމަކީ މި ޓްރެއިނިންގ ޕްރޮގުރާމުގެ މަގުސަދުކަމަށްވާއިރު، މި ޕްރޮގުރާމަށް ނުވަތަ ކޯހަށް ބައިވެރިން ކަނޑައެޅުމުގައި ބަލާނީ، ބައިވެރިވާން ޝައުގުވެރިކަން ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ފަރާތްތައްކަމަށް، ތުރާކުނު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވެއެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ޝަރުތުތަކަކީ ސާނަވީ އިމްތިހާނަކުން ތިން މާއްދާއިން ފާސްވެފައިވުމާއި، ރަނގަޅު ސިއްހަތެއްގައި ހުރުމާއި، ތުރާކުނުގެ ރަށްވެއްސަކަށްވުން އަދި އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހަކަށްވުމެވެ.
ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 13:30 ގެ ކުރިން ކައުންސިލް އިދާރާއަށް ސިޓީއަކުން ހުށަހަޅަން ނުވަތަ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ، ތުރާކުނު ކައުންސިލަށް އީމެއިލް ކުރަން ޖެހޭނެއެވެ.
ބޭރުގައި ބާއްވާ ފަޔަރ ފައިޓިންގ ޓްރެއިނިންގ އެއްގައި ބައިވެރިވުމުގެ ފުރުޞަތު، ހޯރަފުށީ ރަށްވެހިންނަށްވެސް ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!