ރަށްރަށުން އަންނަ ފެރީތަކަށް ހާއްސަ ޓާމިނަލެއް މާލޭގައި ހެދުމަށް، ހަމަޖައްސާފައިވާކަމަށް، މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އިންޑަސްޓްރިއަލް ވިލެޖްގައި ފެރީ ޓާމިނަލެއް ހަދަން ނިންމީ ރަށްރަށުން އަންނަ ހުރިހާ ފެރީތަކެއް އެމްއެމްއެމްއޭ ސަރަހައްދަށް ކައިރިކުރަން ޖެހޭތީ، އޭގެ ސަބަބުން އާއްމުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ. އަދި ޓާމިނަލްގެ އަމަލީ މަސައްކަތް، އަންނަ ހަފްތާގައި ފަށަން ހަމަޖެހިފައިވާ ކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އެ ފެރީ ޓާމިނަލަކީ އަތްވާއި ވާރެއިން ހިޔާވެ، ދަތުރުވެރިންނަށް ފަސޭހައިން މަޑުކޮށްލައިގެން ތިބެވޭނެ ގޮތަށް ޒަމާނީ ފެންވަރަށް ހަދާ ތަނެއް ކަމަށާއި، އަދި ކުޑަކުދިންނަށް ހާއްސަކޮށް ޕާކެއް ވެސް އެ ސަރަހައްދުގައި ހަދާނެ ކަމަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔާ ޝަމާއު ޝަރީފު ވަނީ އެމްބީއެސްއަށް މަޢުލޫމާތު ދެމުން ވިދާޅުވެފައެވެ.
ޕްލޭނިން މިނިސްޓްރީން ދާދިފަހުން ބުނިގޮތުގައި އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ ޕްލޭން މިހާރު ވަނީ އެކުލަވާލާފަ އެވެ. އެގޮތުން ހަތަރު އިދާރާއަކަށް އެ ސަރަހައްދުން މިހާރު ވެސް ވަނީ ބިން ދޫކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!