ހއ. ކެލާގައި ހުންނަ ޝެއިޚް އިބްރާހީމް ސްކޫލަށް އަންނަ އަހަރު 75 އަހަރު ފުރުން ފާހަގަކުރުމަށް، އެކަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކުރާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

އެ ސްކޫލުން ކުރި އިއުލާނުގައި ބުނެފައިވަނީ މި މޮނިއުމެންޓައި ސްކޫލު ކުލައާއި ހިދުމަތުގެ މުއްދަތުގެ އިތުރުން ކޮން ސުކޫލެއްކަން އެނގެން ވާނެއެވެ. މީގެ އިތުރުން ފަރުމާކުރި މޮނިއުމެންޓުގެ އެކިއެކި ބައިތައް މާނަކުރާގޮތް ދިވެހިބަހުން ލިޔެފައި މޮނިއުމެންޓު ގެ ކުރެހުމާއެކު ހުށަހަޅަންވާނެއެވެ. ޝެއިޚް އިބްރާހީމް ސްކޫލުގެ ކުލައަކީ ރޯޔަލް ބުލޫ އަދި ސްކައި ބުލޫ އެވެ.

Ad
rt

ވީމާ، މޮނިއުމެންޓް ފަރުމާކޮށްދެއްވަން ބޭނުންވާ ސްކޫލުގެ ދަރިވަރުންނާއި ޢާއްމު ފަރާތްތަކުން މި މަހުގެ 30 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން ސްކޫލް އިދާރާއަށް ހުށައެޅުއްވުން އެ ސްކޫލުން އެދެއެވެ.

އިއުލާނުގައި ބުނެފައި ވަނީ ތައްޔާރުކުރެވިފައިވާ މޮނިއުމެންޓުގެ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީ ވެސް ބަލައި ގަނެވޭނެ ކަމަށާއި ސޮފްޓް ފޮނުއްވާނަމަ admin@msi.edu.mv މިމެއިލް އަށް ފޮނުއްވުން އެދޭ ކަމަށެވެ.

މި މޮނިއުމެންޓު ފަރުމާކުރުމުން އެއް ވަނަ އަށްދާ ފަރާތަށް ރަމްޒީ ހަދިޔާއެއްގެ ގޮތުގައި 1000.00 ރުފިޔާ ދެވޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.