ކޯވިޑް-19އާއެކު ގެފުޅު ބަންދު ކުރުމަށްފަހު އަލުން ހުޅުވި ފަހުން މިހާތަނަށް 10 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކޮށްފިއެވެ.

މީގެ ތެރޭގައި މައްކާގައި ދިރިއުޅޭ މީހުންނާއި ބޭރު ގައުމުތަކުން ޒިޔާރަތް ކުރި މީހުންވެސް ހިމެނެއެވެ. ގެފުޅު އަލުން ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

Ad
d

ކޯވިޑްގެ ސަބަބުން އުމްރާއަށް މީހުންނަށް ދެވޭނީ މިހާރު ރަޖިސްޓްރީވެގެންނެވެ. މިގޮތަށް ރަޖިސްޓްރީވުމަށް “އީޓްމަރްނަ”ގެ ނަމުގައި ހާއްސަ އެޕްލިކޭޝަނެއްވެސް ވަނީ ތައާރަފު ކޮށްފައެވެ.

އޮކްޓޯބަރުގައި ގެފުޅު ހުޅުވާލި ނަމަވެސް އެއިރު އުމްރާ ކުރުމުގެ ފުރުަސަތު ދިނީ ހަމައެކަނި މައްކާގައި ދިރިއުޅޭ މީހުންނަށެވެ. އެހެން ގައުމުތަކަށް ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންނެވެ.

Ad
df

ރޯދަ މަހަކީ ގިނަ ބަޔަކު އުމްރާ ކުރާ މަހަކަށްވުމުން މައްކާއިން އަންނަނީ ރައްކާތެރިކަމާއެކު ގިނަ ބަޔަކަށް އެ ފުރުސަތު ދެވޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންނެވެ. ކޯވިޑްގެ ސަބަބުން ގެފުޅު ހުންނަ ސަރަހައްދުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ.