މައްކާގެ ބޮޑު ގުރުއާން މުބާރާތުން ޝާޔާ 4 ވަނަ ހޯދައިފި، އިނާމަކަށް 1.7 ލައްކަ ރިޔާލް!
މައްކާގައި ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ގުރުއާން މުބާރާތުން ދިވެހިރާއްޖެ ތަމްސީލުކޮށް، މުޅި ޤުރުއާން ހިތުން ކިޔެވުމުގެ ގޮފިން އަލްޙާފިޒާ ފާޠިމަތު ޝާޔާ ޒާހިރު، މއ. އަސާސް، ހަތަރުވަނަ ހޯދައިފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކަކުން ވާދަކުރި ވަރުގަދަ މި މުބާރާތުން ހަތަރުވަނަ ހޯދި ޝާޔާއަށް އިނާމެއްގެ ގޮތުގައި 170,000 (އެއްލައްކަ ހަތްދިހަ ހާސް) ސައުދީ ރިޔާލް ލިބިފައިވާކަމަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ […]