ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތުން އުވާލިކަމަށްބުނެ ފޭކް ލިއުމެއް ދައުރުވަމުންދާތީ ދާތީ ސަމާލުވާން އެދެފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފައިވަނީ، މޮނިޓަރިންގެ ހާލަތު އުވާލި ކަމަށް ބުނެ ދައުރު ވަމުން ދާ ލިޔުމަކީ ބަދަލު ކޮށްގެން ދައުރު ކުރަމުން ގެންދާ ލިޔުމެއްކަމަށެވެ.

Ad
rt

ކޭއާރު އެޗްއިން ބުނެފައިވަނީ ބަދަލު ކޮށްފައިވާ ލިޔުމުގެ އަސްލަކީ މިދިޔަ އަހަރުގެ އޮކްޓޫވަރ މަހުގެ28 ވަނަ ދުވަހު އެޗްޕީއޭއިން ނެރެފައިވާ ލިއުމެއް ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ ކުޅުދުއްފުށި އަދި އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށާއި މޮނިޓަރިންގެ ހާލަތު އުވާލި ކަމަށް ދައުރުވަނީ ފޭކް ލިއުމެއް ކަމަށެވެ.

މި ފަދަ މުހިންމު ކަންކަމުގައި އޮޅުވާލައި ލިޔުންތައް އެޑިޓްކޮށް ދައުރު ކުރުމަކީ ވަރަށް ދެރަކަމެއް. އެއްވެސް ފަރާތަކުން އެފަދަ ކަންކަން ނުކުރެއްވުން އެދެން

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވި އެވެ.

ކޭއާރު އެޗްއިން އިތުރަށް ވިދާޅުވެފައިވަނީ މޮނިޓަރިންގެ ހާލަތު އުވާލެވެންދެން އަދި މި ދުވަސްވަރު ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުން ދާތީ މާސްކު އަޅާ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު އުޅުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށެވެ.

ރައްޔިތުންނަށް އޮޅޭ ގޮތަށް ކުރާ މިފަދަ އަމަލުތައް އަޅުގަނޑުމެން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މޮނިޓަރިންގެ ހާލަތު އުވާލުމާއެކު އަޅުގަނޑުމެންގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންނަށް އަންގަމުން ގެންދާނަން!

ކޭއާރްއެޗްގެ ފޭސްބުކް ޕޭޖުގައި ރައްޔިތުންގެ ސަމާލުކަމަށް އެދި ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވެއެވެ.

އަދި ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ކަމުގައި ވާ ނަމަ ކޭއާރުއެޗްގެ ކޮވިޑް ހޮޓްލައިން 7606688 އާ ގުޅާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ދަންނަވާކަމަށެވެ.