އުރީދޫ އިން އާޗާ ޕްރިޕެއިޑްގެ ދަށުން "އާޗާ ޑެއިލީ 2ޖީބީ" ޕްލޭނެއް ތައާރަފު ކޮށްފި އެވެ.
މިއަދު ތަޢާރަފު ކުރި މި ޕްލޭނާއެކު އެއް މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު 2ޖީބީ ޑޭޓާއާއެކު އަންލިމިޓެޑް ކޯލްސް އެންމެ 750ރ. އަށް ލިބޭނެއެވެ.
މި ޕްލޭން އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެެރިކޮށް ނުވަތަ "ޔޫޑީ 750" ޖެހުމަށްފަހު 5555އަށް އެސްއެމްއެސް ކޮށްގެން ނުވަތަ 929#1 އަށް ޑަޔަލް ކޮށްލައިގެން އެކްޓިވޭޓް ކުރެވޭނެއެވެ.
މީގެ އިތުރުން އާ ކަސްޓަމަރުންނަށް އާޗާ ޕްރިޕެއިޑް އެކްޓިވޭޓް ކުރެވޭނީ އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕަރޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑަޑް ޕްރިޕެއިޑް ޕްލޭނެއްނެގައިގެންނެވެ.
Introducing Aachaa Daily 2GB plans! Start each day with a freshly renewed data allowance of 2GB throughout the month. Enjoy 60GB data + Unlimited Ooredoo Calls, for just MVR 750.
Activate now via https://t.co/506pNntHki or Dial *929*1# pic.twitter.com/s2HBCBiFIc— Ooredoo Maldives (@OoredooMaldives) March 23, 2021
އުރީދޫގެ އެކްޓިން ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ މި ޕްލޭނާއެކު މުޅި މަހަށް ބަހާލައިގެން މާކެޓުގެ އެންމެ ހެޔޮ އަގުގައި ބޮޑު ޑޭޓާ އެލަވެންސެއް ލިބިގެންދާނެ ކަމަށެވެ. އަދި އުރީދޫން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނަ ގޮތަށް ޕްރޮޑަކްޓްތައް ފަރުމާކޮށް، އިތުރުފުރިހަމަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!