ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އާ އިންޖީނުގެއާ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ.

Ad
rt

ނޫމަރާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ އިތުރުން އޮފީހުގެ މަސައްކަތަކީ، ސްކައިވަން ލޮޖިސްޓިކްސް އިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދެ ތަނެވެ. 270 ދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާ ފެނަކަ އާއި ހަވާލު ކުރުމަށް ސްކައިވަން ލޮޖިސްޓިކްސް އާއި އެކު ފެނަކައިން ވަނީ މީގެ ކުރިން އެއްބަސް ވެފައެވެ.

މި އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދެވެން ފެށުމުން އެ ރަށު ރައްޔިތުންނަށް ބޮޑެތި ލުއި ތަކެއް ލިބިގެން ދާނެ އެވެ.

ފެނަކަ އިން އިއްޔެވަނީ ހއ. މާރަންދޫއާއި، އެ އަތޮޅު ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅާފަ އެވެ.

ފެނަކައިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައިލައްވައި، ހައްލު ހޯދަން ޖެހޭކަންކަން އަވަސް ކުރުމުގެ ގޮތުން ފެނަކައިގެ އެމްޑީ އަތޮޅު ތެރެއަށް އަންނަނީ ދަތުރު ކުރައްވަމުންނެވެ.