މާލޭ ސިޓީގެ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމްގައި ހުންނެވި ޢަލީ މަމްދޫޙު ހަމަޖައްސައިފިއެވެ.

ޢަލީ މަމްދޫހަކީ ށ. ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ހިންގުންތެރި ބޭފުޅެކެވެ. މަމްދޫހްވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. އަދި މިހާރު އޭނާ ގެންދަވަނީ ޕީއެޗްޑީ ފުރިހަމަ ކުރެއްވުމުގެ އެންމެ ފަހު މަރުހަލާ ކަޑައްތު ކުރަށްވަމުންނެވެ.

Ad
rt

ތަޢުލީމީ ބާރުތައް ރަށްފުށަށް ބަހާލުމާއި ގުޅޭ ގޮތުން މަމްދޫހު ޕީއެޗްޑީ ހައްދައިވަމުން ގެންދަވާއިރު، ތީސީސް ލިޔުއްވަމުން ގެންދަވަނީ " ލާމަރުކަޒީ ޖަޒީރާ ތަޢުލީމީ ނިޒާމަށް " މި މަޢުލޫއަށެވެ.

މާސްޓަރސް ފުރިހަމަކުރެއްވި ކޯހުން 1 ވަނަ ދަރިވަރުގެ ގޮތުގައި މަމްދޫހުވަނީ ސައިރަސް ކޮލެޖުގެ އޮގަރު ފާއިޒާ އެވޯޑު ވެސް ހާސިލް ކުރައްވާފައެވެ.

ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމްގައި ހުންނަވަނިކޮށް، އެޑިޔުކޭޝަނުން މަމްދޫހު އިމާދުއްދީން ސްކޫލަށް ބަދަލުކުރައްވާފައިވަނީ، 9 ފެބުރުއަރީ 2019 އިން 1 އަހަރުގެ މުއްދަތަކަށެވެ. އެބަދަލާއިއެކު އިމާދުއްދީން ސްކޫލްގެ ކުރީގެ ޑެޕިއުޓީ ޕްރިންސިޕަލް ލަތީފާ އަޙްމަދުވަނީ ހިރިޔާ ސްކޫލަށް ބަދަލު ކުރަށްވާފައެވެ.

މަމްދޫހުވަނީ ހިރިޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމް 8 އަހަރު ފުރުއްވާފައެވެ. ހިރިޔާ ސްކޫލް ހިންގުމުގައާއި، އެ ސްކޫލް ހޯދި ކާމިޔާބު ތަކުގެ ފަހަތުގައި މަމްދޫހުގެ ތަޖުރިބާއާއި، ތައުލީމީ ޤާބިލުކަމުގެ ހިއްސާ ބޮޑެވެ. އަދި އޭނާއަކީ މިހާރު ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާތާ މިހާރު 12 އަހަރުވެފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއިރު އެބަދަލު ގެންނެވީ، އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ޝަކީބާ އަލީ އަދި ލަތީފާ ހަސަން އެ ސްކޫލްގެ މަގާމުތަކުން ވަކިކޮށްފައިވަނިކޮށެވެ.

އިމާދުއްދީން ސްކޫލްގެ ޓީޗަރަކާއި ހަވާލާދީ އެ އަހަރު ތިލަވި މީޑިއާ ޚަބަރު ތަކުގައިވަނީ ޕްރިންސިޕަލް ޝާތިރު މަގާމުން ވަކިކޮށްދިނުމަށް އެދި 2019 ވަނަ އަހަރުގެ ތެރޭގައި ޓީޗަރުންތަކެއް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ. އޭގެ ފަހުން ބެލެނިވެރިން ވެސް އެކަމަށް އެެދި ޕެޓިޝަނެއް ހުށަހެޅި ކަމަށެވެ. ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޝާތިރުގެ ކިބައިގައި ހިންގުންތެރި ކަމެއް ނެތި، ސްކޫލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުން ކަމަށް ބައެއް މީހުން ބުނާކަމަށް މީޑިއާ ޚަބަރުތައް ބުނެފައިވެއެވެ.

އެޑިޔުކޭޝަނުންވަނީ އިމާދުއްދީން ސްކޫލުން ވަކިކުރި އެ ސްކޫލުގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރު ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއީއައި) އަށް އަދި އެސްކޫލުގެ އަނެއް ޑެޕިއުޓީ ޕްރިންސިޕަލް ޝަކީބާ އަލީ ތާޖުއްދީން ސްކޫލަށް ބަދަލުކޮށްފަ އެވެ.

އޭގެ ފަހުން ވަގުތީ ގޮތުން އިމާދުއްދީން ސްކޫލް ހިންގަވަމުން ގެންދެވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދެވެ.