ޗައިނާގެ މައިނެއްގައި މަސައްކަތް ކުރަނިކޮށް ތާށިވެފައިވާ 2 މީހުން 2 ހަފްތާއަށްފަހު އެ ޤައުމުގެ ސަލާމަތީބާރުތަކުން ސަލާމަތްކޮށްފިއެވެ.

ޗައިނާގެ ޝެންޑޮންގް ޕްރޮވިންސްގައި ހުރި މި މައިނުގައި ގޮވި ގޮވުމެއްގައި، 22 މީހުން ވަނީ ތާށިވެފަ އެވެ.އެމީހުން ވަނީ ވަގުތުން ސަލާމަތްކޮށްފައެވެ. ދެމީހުން ތާށިވެފައިވަނީ ބިމުން ފެށިގެން އެތައްސަތޭކަ މީޓަރު އަޑީގައެވެ.

Ad
rt

ސަލާމަތްކުރެވުނު 2 މީހުންގެ ތެރެއިން އެކަކު ގާތު ކުރެވޭ އިހުސާސްތައް ނޫސްވެރިން އެހުމުން ބުނެފައިވަނީ "އަލުން ދުނިޔެއަށް އާދެވުނު" ފަދަ އިހުސާސްތަކެއް ކުރެވޭ ކަމަށެވެ. އޭނާ ރިޕޯޓަރުންނަށް ބަސްދީގަތުމެއް ދީފައިވަނީ، މައިނުން ސަލާމަތްކޮށްގެން ގެންދެވުނު ހޮސްޕިޓަލުގެ އެނދެއްމަތީގައި އޮވެއެވެ.

"އަހަރެމެންނަށް އެއްވެސް ކަހަލަ ކާއެއްޗެއް ފުރަތަމަ 9 ދުވަހު ނުލިބޭ. އެހެންކަމުން ސަލާމަތް ވުމުގެ ސަބަބުން ކުރެވޭ އިހުސާސްތައް ބުނެދޭންވެސް ނޭނގެ."

މައިނުގައި ތާށިވެފައިވާ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ސަލާމަތީ ބާރުތަކާއި މުޢާމަލާތްކޮށްފައިވަނީ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ތާށިވެފައިވާ މީހުން މަތީގައި ތިބި މީހުން ސަލާމަތްކުރާ ފަރާތްތަކާއި ވާހަކަ ދައްކާފައިވަނީ މައްޗަށް ޝަފްޓްގެ އެހީގައި ކަރުދާސްކޮޅެއް ފޮނުވައިގެންނެވެ.

އެއަށްފަހު މީހުން ސަލާމަތްކުރާ ފަރާތްތަކުން ފޯނު، ކާބޯތަކެތި އަދި ބޭނުންވާނެ ބޭސް ވަނީ މައިނުގައި ތިބި މީހުންނަށް ފޯރުކޮށްދީފައެވެ.

އެންމެ ފުރަތަމަ ސަލާމަތްކުރެވުނު ގުރޫޕުގެ ތެރެއިން އެކަކު ވަނީ ބޮލަށް ލިބުނު ގެއްލުމެއްގައި މަރުވެފައެވެ. އަދި ޗައިނާގެ ނޫސްތަކުން މަޢުލޫމާތު ދޭ ގޮތުގައި، އަދިވެސް އެކަކު ނުފެނެއެވެ. ސަލާމަތީ ބާރުތަކުން އަންނަނީ އެމީހާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

ޗައިނާގެ ކޮމިޔުނިސްޓް 2 ޕާޓީއަކުން ސެކެޓްރީއިން އަދި މޭޔަރވެސް ވަނީ މި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައެވެ. ސަބަބެއްކަމުގައި އެ ޤައުމުގެ ސަރުކާރުން ބުނެފައިވަނީ، މި މައްސަލަ ތަހުޤީގު ކުރުމުގައި 30 ގަޑި އިރު ލަސްވެފައި ވުމެވެ.