ގއ. ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮށްލުން ކުށްވެރިކޮށް، އެމައްސަލަ ތަހުގީގުކުރަން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ގޮވާލަށްވައިފިއެވެ.
މީގެއިތުރުން ވިލިނގިލީގެ ޒުވާނުންނަށް ދިމާވެފަވާ ފުޓްސެލް ދަނޑުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވެސް ސައުދު ވަނީ ވިދާޅުވެފައެވެ.
ސައުދު މި ގޮތަށް ވިދާޅުވީ، ''ދަނޑުގައި ހުޅުޖަހައިގެން އާ ޓާފް ދަނޑެއް ސަރުކާރުން ނުދޭނެ'' މިސުރުޚީގެ ދަށުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވި، ވިދާޅުވުމަކަށް އޮންލައިން ނޫހެއްގައި ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި މަހްލޫފް ކުރެއްވި ޓުވީޓެއް ހިއްސާކުރަށްވާ ކުރެއްވި ޓުވީޓެއްގައެވެ.
''ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށް. ލަސްވީ ކޮވިޑާއި ސަބް ބޭސް ރަނގަޅުކުރަން ޖެހުމުން. ބޮޑު ދަނޑު އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް ވާނީ އެންގިފައި. އެއީ އެހެން ރަށްރަށަށް ފުރުސަތު ދިނުމަށް.''
މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ވިލިނގިލީގައި ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރިޔަށް.
ލަސްވީ ކޮވިޑާއި ސަބް ބޭސް ރަނގަޅުކުރަން ޖެހުމުން.ބޮޑު ދަނޑު އަޅަން ނިންމާފަވާތީ ފުޓްސަލް ދަނޑު ޓާފަށް ބަދަލު ނުކުރާނެކަން ކައުންސިލަށް ވާނީ އެންގިފައި.
އެއީ އެހެން ރަށްރަށަށް ފުރުސަތު ދިނުމަށް. https://t.co/1XLvEgtRJI
— Ahmed Mahloof (@AhmedMahloof) January 6, 2021
މިނިސްޓަރުގެ އެ ވިދާޅުވުން ހިއްސާކުރަށްވާ ސައުދު ވިދާޅުވީ، ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮއްލުމަކީ ވަރަށް ގޯސް އަމަލެއް ކަމަށެވެ.
''އެކަން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ އަދި ވިލިނގިލީގެ ޒުވާނުންނަށް ދިމާވެފަވާ ފުޓްސެލް ދަނޑުގެ މިދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް އެބަކުރަން.''
ސައުދު ވިދާޅުވިއެވެ.
ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮއްލުމަކީ ވަރަށް ގޯސް އަމަލެއް، މިކަން ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ އަދި ވިލިނގިލީގެ ޒުވާނުންނަށް ދިމާވެފަވާ ފުޓްސެލް ދަނޑުގެ މިދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް އެބަކުރަން. https://t.co/cf60EEpqq2
— Saud Hussain MP (@SaudVillingili) January 6, 2021
ސައުދު މިހެންވިދާޅުވިއިރު، ގއ. ވިލިނގިލީ ޔޫތު ސެންޓަރު ފުޓްސަލް ދަޑުގެ މެޓުތަކުގައި އަންގާރަ ދުވަހުގެރޭ ވަނީ ރޯކޮށްލާފައެވެ. އަދި އެއާއިއެކު، ކުޅިވަރާބެހޭ ވަޒީރު މަހްލޫފް ވަނީ، ވިލިނގިލީ ޔޫތު ސެންޓަރު ފުޓްސަލް ދަޑުގެ މެޓުތަކުގައި އަލިފާން ރޯކޮށްލުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި، ހުޅު ޖަހައިގެން އެ ދަނޑުގައި ޓާފު އަޅައި ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ވިލިނގިލީ ފުޓްސަލް ދަނޑުގައި ބަޔަކު ރޯކޮށްލީ އެ ދަނޑުގައި އަޅާފައި އޮތް މެޓުގެ ބަދަލުގައި ޓާފް އަޅައި ނުދީގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ. އަދި ވިލިނގިލީ ކައުންސިލް ކުރިމަތީ ފުޓްސަލް ކުޅެންތިބި ޒުވާނުންތަކެއް ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ރޭ ވަނީ ދައުރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!