ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް އަވަހަށްބެލި، ރައްޔިތުންގެ އިތުބާރު ހޯދުނަސް، ޖުމްލަކޮށް ބަލާއިރު އަދިވެސް ރާއްޖޭގެ އެހެން ކޯޓުތަކުން އެކަށީގެންވާ އަވަސް މިނެއްގައި އިންސާފެއް ލިބުން ލަސްކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވީ ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެފައި ވަނިކޮށް، ކުރެއްވި ޓުވީޓެއްގައެވެ.
އޭޖީގެ އެހެން ވިދާޅުވެ ކުރެއްވި ޓުވީޓާއި ހަވާލާދީ އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިމަނުއްވައި ޢަލީ ކުރެއްވި އެ ޓުވީޓުގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް އަވަހަށްބެލި، ލައިވް ކުރެވި، ރައްޔިތުންގެ އިތުބާރު ހޯދުނަސް، ޖުމްލަކޮށް ބަލާއިރު އަދިވެސް ރާއްޖޭގެ އެހެނިހެން ކޯޓުތަކުން އެކަށީގެންވާ އަވަސް މިނެއްގައި ޙައްލެއް ނުވަތަ އިންސާފެއް ނުލިބޭ ކަމަށެވެ.
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް އަވަހަށްބެލި، ލައިވް ކުރެވި، ރައްޔިތުންގެ އިތުބާރު ހޯދުނަސް، ޖުމްލަކޮށް ބަލާއިރު އަދިވެސް ރާއްޖޭގެ އެހެނިހެން ކޯޓުތަކުން އެކަށީގެންވާ އަވަސް މިނެއްގައި ޙައްލެއް ނުވަތަ އިންސާފެއް ނުލިބޭ. https://t.co/vWwJSXZhz0
— Ali Hussain (@AleeVoice) December 14, 2020
ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަޤާފަތް ހުއްޓޭނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެ އިއްޔެ ޓުވީޓެއް ކުރެއްވީ ރާއްޖޭގައި މުޅިން އަލަށް ގާއިމްކުރި އާބިޓްރޭޝަން ސެންޓަރުގެ ހިދުމަތް ދޭން ފެށުމާއި ގުޅުވައިގެން ނެވެ. އެ ސެންޓަރުގެ ޚިދުމަތް ފެށީ އިއްޔެއެވެ.
އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. އެ ސެންޓަރުގެ ޚިދުމަތް ފަށައި، އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އިއްޔެއިން ފެށިގެން، ގާނޫނުގައިވާ ގޮތުގެ މަތިން އާބިޓްރޭޝަންގެ ކަންކަމާ ގުޅުންހުރި ހިދުމަތްތައް އެ ސެންޓަރުން ރަސްމީކޮށް ދޭން ފަށާފައިވާ ކަމަށެވެ. މިހާރު ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ ކަމަށް ބަޔާނުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!