ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ވެރިކަންކުރާ ކޯލިޝަނަށް ހޯދުމަށްޓަކައި، ބޮޑެތި ދޮގުތައް ހަދަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ވަނީ މަޝްރޫޢުތަކެއްގެ ދައްކުވައިދޭ ކުރެހުންތަކެއް ފެންނަ ހަތަރު ފޮޓޯވެސް ހިމަނުއްވާފައެވެ.
އެ ޓުވީޓުގައި، ފޮޓޯތަކަށް އިޝާރާތް ކުރަށްވާ އޭނާ ވިދާޅުވީ އެއީ ''ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށް ދައްކައިފަހުރި ހުވަފެން ބޮޑެތި އޮޅުވާލުން'' ކަމަށެވެ.
''އަންނަ ކައުންސިލް އިންތިޚާބު އެމްޑީޕީގެ ކޯލިޝަންއަށް ހޯދުމަށް ދަނީ ބޮޑެތި ދޮގުތައް ހަދަމުން ގައުމަށާއި، ތިޔަރައްޔިތުންގެ ކުރިމަގައް ވިސްނާއިގެން ވޯޓު ދިނުމަށް އެދެން''
މުޙައްމަދު ވިދާޅުވެފައި ވެއެވެ.
ރައްޔިތުން މަޖިލީސް އިންތިހާބުގަ ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށް ދައްކައިފަހުރި ހުވަފެން ބޮޑެތި އޮޅުވާލުން ؟ އަނަނަ ކައުންސިލް އިންތީހާބު އެމްޑީޕީގެ ކޯލިޝަންއަށް ހޯދުމަށް ދަނީ ބޮޑެތި ދޮގުތައް ހަދަމުން ގައުމަށާ ، ތިޔަރައްޔޖތުންގެ ކުރިމަގައް ވިސްނާއިގެން ވޯޓު ދިނުމަށް އެދެން pic.twitter.com/qxerjwPAWU
— Mohamed Ismail (@Muhmed_Ismail) December 13, 2020
އިދިކޮޅު ކޯލިޝަންގެ ޕީޕީއެމްގައި މިހާރު ހުންނެވި މުޙައްމަދު އިސްމާޢީލް ނިމުނު ރައްޔިތުންގެ މަޖިލިސްގެ ދައުރުގައި މަޖިލިސް ތަމްސީލް ކުރެއްވީ އޭރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރ، އެމްޑީއޭގެ މެންބަރެއްގެ ގޮތުގައެވެ.
މުޙައްމަދު މިހެން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށްވާނެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!