އާންމެ ރައްޔިތު މީހާގެ ބޭނުންތަކަށް ބެލުމެއްނެތި އަތޮޅުގެ ހުރިހައި ފަޅުރަށްތަކެއް ވިއްކާހުސްކުރުމަކީ އިންސާފުވެރި ޢަދުލުވެރި ގޮތެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ މިހެންވިދާޅުވީ އޭނާ ތަމްސީލު ކުރަށްވާ ދާއިރާ، ކެންދޫ ދާއިރާ ހިމެނޭ އަދި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ބ. އަތޮޅުގެ، އަތޮޅު ކައުންސިލުން އެ އަތޮޅު އެއްވެސް ރަށެއް ދަތުރުދާން ނުބާއްވާ ކުއްޔަށާއި، ވަރުވާއަށް ދޫ ކުރަމުން ދާތީ ކަންބޮޑުވެ، ވާހަކަ ދައްކަވާފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ.

Ad
mooomoo 1

ޢަލީގެ އެ ޓުވީޓުގައި ވަނީ ބ. އަތޮޅު ކައުންސިލާއި ހަވާލާދީ ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ވެސް ހިއްސާ ކުރަށްވާފައެވެ. އެ ޚަބަރުގެ ސުރުޚީގައި ވަނީ ''ދަތުރު ދާނެ ރަށެއް ނެތް، މަހުޖަނުން ހޮލިޑޭ ހޯމް ހަދަން ރަށްތައް ނުދީ: ބ. އަތޮޅު ކައުންސިލް'' އެވެ.

ޢަލީ ވިދާޅުވީ އާންމެ ރައްޔިތު މީހާގެ ބޭނުންތަކަށް ބެލުމެއްނެތި އަތޮޅުގެ ހުރިހައި ފަޅުރަށްތަކެއް ވިއްކާހުސްކުރުމަކީ އިންސާފުވެރި ޢަދުލުވެރި ގޮތެއް ނޫން ކަމަށެވެ. އޭނާ އެ ހެން ވިދާޅުވި ޓުވީޓަށް ރައްދުދިން މީހަކު މިހާރުގެ ސަރުކާރަށް އަމާޒުކޮށް ދެއްކި ވާހަކައަކާއި ގުޅުވައިގެން ވެސް ޢަލީ ވަނީ ޚިޔާލުފާޅު ކުރަށްވާފައެވެ.

''މިކަމުގައި ވަކި ސަރުކާރެއް ވަކިރަނގަޅުކޮށްފައި ވާހަކަ ދެއްކުމުގެ ބޭނުމެެއް ނެތް. އާއްމު ރައްޔިތުންގެ ބޭނުންތަކާއި ހިތްހަމަ ޖެހުމަށްވުރެ އިސްކުރެވެނީ ނުފޫޒާއި ބާރުހުރި މީހުންގެ މަސްލަހަތު.''

ޢަލީ ވިދާޅުވެފައި ވެއެވެ.

މިކަންބޮޑުވުން ތަކަށްފަހު، ބ. އަތޮޅުގައި މިހާރު ބޭނުން ނުކޮށް އޮތް ދެ ރަށުގެ ތެރެއިން، އެންމެ ބޮޑު ފަޅުރަށް ކަމަށްވާ މާއްޑޫ، ދަނޑުވެރިކަމަށް ދޫނުކުރަން އެގްރިކަލްޗާ މިނިސްޓްރީން މިއަދު ވަނީ ނިންމާފައެވެ.

ބ. އަތޮޅުގެ މީހުން އާއްމުކޮށް ދަތުރު ގޮސް އުޅޭ 27 ހެކްޓަރުގެ ރަށް، ދަނޑުވެރިކަން ކުރުމަށް ބިޑަށް ލުމުން ރެކޯޑް އަދަދަކަށް މީހުން ކުރިމަތިލަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ވިޔަފާރިވެރިންނާއި މަޖިލިސް މެމްބަރުން ހިމެނިވަޑައިގަންނަވާ ކަމަށް މަސްދަރުތަކުން ވަނީ ބުނެފައެވެ.

Ad
df

އެރަށް ބިޑަށް ހުޅުވާލުމުން އެ އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މީހުންގެ އެންމެ ކަންބޮޑުވުމަކީ އަތޮޅުގެ މީހުން ދަތުރު ގޮސް މަޖާކޮށްލަން ރަށެއް ނުބާއްވައި، ރަށްތައް ދަނޑުވެރިކަން ކުރުމަށް ދޫކޮށްލުމުން، އެ ރަށްތަކުގައި މަސައްކަތް ނުކޮށް މުއްސަނދިން ޗުއްޓީ ހޭދަކުރުމަށް ހާއްސަ ކުރުމެވެ.