ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށްވާނެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައިވެސް ހުންނެވި ޝުޖާޢު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

Ad
d

މިގޮތުން ޝުޖާޢު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށް ވާނެ ކަމަށެވެ.

''ރައްޔިތުންނަށް ރައްޔިތުންގެ ވޯޓު ދިނުމަށް އެންމެ ބޮޑެތި ހުރަސްތައް ކުރިމަތިކުރުވާނެ އިންތިޚާބު، މުޅި ދުނިޔެ މަލާމާތް ކުރާނެ އިންތިޚާބު''

ޝުޖާޢު ވިދާޅުވެފައި ވެއެވެ. އަދި އޭނާ އެ ޓުވީޓުގައި ވަނީ އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ޝަރީފަށް ނިސްބަތް ކުރަށްވާ ''ސަރީފް އައުޓް'' އޭ ވެސް ވިދާޅުވެފައެވެ.

އަންނަ ލޯކަލްކައުންސިލް އިންތިޚާބާއި ގުޅިގެން އިދިކޮޅު ހަރަކާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްބޭފުޅެއް ކަމަށްވާ ޝުޖާޢު މިހެން ވިދާޅުވެފައިވާއިރު، އީސީން ބުނެފައި ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ފުރަތަމަ ހަފުތާގައި އެ އިންތިޚާބު ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad
df

މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ކުރިން އިޢުލާންކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. ކޯވިޑް-19އާއި ގުޅިގެން އިއުލާންކުރި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އިންތިޚާބު ފަސްކުރުމަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްޞަ ޤާނޫނުގެ ނަމުގައި ވަގުތީ ޤާނޫނެއް މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާވަނީ ތަސްދީޤްކުރައްވާފައެވެ. މި ޤާނޫނު ބުނާގޮތުން އަންނަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެއެވެ.