ށ. ކޮމަންޑޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޮމަންޑޫ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ.

Ad
rt

ކޮމަންޑޫ ކައުންސިލުން ބުނީ، އެރަށުން މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެޗްޕީއޭގެ ހޯމް ކަރަންޓީނު އުސޫލުގެ ދަށުން ކަރަންޓީނު 14 ދުވަސް ހަމަ ކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލްއިން ކަމަށެވެ.

އެރަށުން ޕޮޒިޓިވްވި މީހާ އަމަލުކޮށްފައިވަނީ ހޯމްކަރަންޓީނު އުސޫލާ އެއްގޮތަށް ކަމަށާއި، އެހެން ކަމުން އެ ރަށުގެ ރައްޔިތުންނަށް ނުރައްކަލެއް ނެތް ކަމަށް ކޮމަންޑޫ ކައުންސިލުން ބުންޏެވެ.

ކޮމަންޑޫ ހޯމްކަރަންޓީނުގައި ހުރިމީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، މިއަދު އިރުއޮއްސި 6:00 އާއި ހަމައަށް ރާއްޖެއިން ވަނީ ޖުމްލަ 11،893 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފައެވެ.

މިގޮތުން މިއަދު އަލަށް 71 މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ 15 ދިވެހިންނާއި 56 ބިދޭސީންނެވެ.

މިވަގުތުވެސް ކޯވިޑްގެ އެކްޓިވްކޭސްތައް ރާއްޖޭގެ މީހުން އުޅޭ 13 ރަށެއްގައި އެބަތިއްބެވެ. އަދި 30 ރިސޯޓެއްގައި 52 ފަތުރުވެރިންނާއި، 120 މުވައްޒަފަކުވެސް ކޯވިޑް އެކްޓިވްކޭސްތަކުގެ ގޮތުގައި އެބަތިއްބެވެ.