އިންޓަރނެޓަކީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ އަހަރެމެންނަށް ވާ ބޮޑު ރަޙުމަތެއްކަމުގައްޔާ، އޭގެ ބޭނުން ނަހަމަގޮތުގައި ހިފައިފިނަމަ ކަށިގިނަ ބިޔަބޮޑު ޖަންގައްޔެއްފަދަތަނެއްގެ ގޮތުގައި ވަނީ މިއަދުގެ ހުކުރު ޚިޡުބާގައި ޞިފަކުރަށްވާ އިންޓަރނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ޚުޡުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޙުޡުބާ ބޮޑަށް ހާއްސަ ވެގެން ގޮސްފައިވަނީ ދަރިން ތަރުބިއްޔަތު ކުރުވުމާއި އެކުދިން އިންޓަރނެޓް އަށް ހޭލުންތެރިކުރުވުމާ ބެހޭގޮތުންނެވެ.
އިންޓަރނެޓަކީ މިހާރަކަށް އައިސް އެއާނުލާ ގިނަބަޔަކަށް ދިރިއުޅެން ދަތިވެފައިވާ ވަރަށް ބޭނުންހުރި ވަސީލަތެކެވެ. ކިޔަވާ ކުދިންނަށާ ޓީޗަރުންނަށާ އަދި މިނޫނަސް ތަފާތު ވަޒީފާތައް އަދާކުރަމުން އަންނަ މީހުންނަށާއި އާންމުންނަށްވެސް އިންޓަރނެޓްގެ ބޭނުން އިންތިހާއަށް މިވަނީ އިތުރުވެފައެވެ.
ޙާއްސަކޮށް މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތުގައި އިންޓަރނެޓުގެ މުހިންމުކަމުގެ ވާހަކަ ދައްކަވަމުން މިއަދުގެ ހުކުރު ޚުޡުބާގައި ފާހަގަ ކުރަށްވާފައިވަނީ، ކިޔަވާދަރިވަރުންނަށާއި އެތަކެއް ގިނަ ވަޒީފާތައް އަދާކުރާފަރާތްތަކަށް މިދަނޑިވަޅުގައި އެބޭފުޅުންގެ މަސައްކަތްތައް އެއްކޮށް ހުއްޓުނަ ނުދީ ސަލާމަތުގެ އައްސޭރިއަކަށް ވާސިލްވެފައި މިވަނީވެސް ހަމަ އިންޓަރނެޓްގެ ޒަރިއްޔާއިން ކަމަށެވެ. އަދި މީގެ އިތުރުންވެސް އާއިލާއާދުރުގައި ހުންނަށްޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، އާއިލާއާއި އެކުވާކަމުގެ އިޙުސާސް ކޮށްދީފައިވަނީވެސް ހަމަ އިންޓަރނެޓުން ކަމަށް ވަނީ ފާހަގަކުރަށްވާފައެވެ.
މިކަންކަމާއި ޚިލާފަށް އިންޓަރނެޓަކީ އޭގެތެރެއިން ވަރަށް ކުޑަކުޑަކަމެއް ކޮށްލައިގެންވެސް ބޮޑެތި ފާފަތަކަށް އަރައިގަތުމަށް މަގުފަހިކޮށްދޭ ތަނެއްގެ ގޮތުގައިވަނީ މިއަދުގެ ހުކުރު ޚުޡުބާގައި ސިފަކުރަށްވާފައެވެ. އެގޮތުން ކުދިން އަމިއްލައަށް އެކަހެރިވެ އިންނަ އިރު ތިމާގެ ލޯ ލަދުގަންނަފަދަ ޚުޡުރު މަންޒަރުތައް ބެލުމަކީ އޭގެޒާތުގައި ކުއްޖާއަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންތައްތައް ކަމަށް ވަނީ ފާހަގަކުރަށްވާފައެވެ. މީގެ އިތުރުންވެސް އިންޓަރނެޓަކީ ތަފާތުވައަތަރުގެ ޝައުގުވެރިވާފަދަ ގޭމްތައް މެދުވެރިކޮށް ކުދިންގެ އިތްފަތްތެރިކަން ނަގާލުމަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ބިރުބޮޑުތަނެއްގެ ގޮތުގައި ވަނީ ސިފަކުރަށްވާފައެވެ.
މިފަދަކަންކަމުން އަދުގެ ޖީލުތައް ސަލާމަތްކުރުމަށް އެންމެ ބޮޑު ޒިންމާއެއް އެޅިފައިވަނީ ދަރިންގެ މައިންބަފައިންނަށާއި ޓީޗަރުންނަށް ކަމަށް ފާހަގަކުރަށްވާ، ދަރިން އިންޓަރނެޓްގެ ބޭނުން ކުރަމުންދާވަގުތު ދަރިން އޭގެބޭނުން ކުރަނީ ކޮންކޮންގޮތަކަށް ކަން ބެލުން ވަރަށް މުހިންމުކަމަށް މިއަދުގެ ހުކުރު ޚުޡުބާގައި ފާހަގަކުރެއްވިއެވެ. އަދި އައި ޓީ (އިންފޯރމޭޝަން އެންޑް ޓެކްނޮލޮޖީ) ފަދަ ދާއިރާތަކުން ތައުލީމް ހާސިލް ކޮށްފައިވާ ފަރާތްތަކުން ، އެބޭފުޅުންނަށް ލިބިފައި އެވާ އަގުހުރި މައުލޫމާތުގެ ޒަރިއްޔާއިން އަދުގެ ޖީލުތަކަށް އިންޓަރނެޓްގެ ބޭނުން ހެޔޮގުތުގައި ހިފާނެގޮތްތައް ދަސްކޮށްދިނުމަށްވެސް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުންވެސް މިފަދަ ސައްތައިން ސައްތަމުސްލިމް ޤައުމެއްގައި އިންޓަރނެޓްގެ ޒަރިއްޔާއިން ފެންނަން ހުރި އެންމެހާ ބަރަޚަނާ ސައިޓްތައް ވީ އެންމެ އަވަހަކަށް ބްލޮކް ކޮށްލުމަށްވެސް ވަނީ ގޮވާލަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!