ހ.އ އިހަވަންދޫ ގެތަކުން ކުނި އުކައިދިނުމުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ޕިކަޕެއް ގަތުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާން ކޮށްފި އެވެ.

އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 24 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހު މެންދުރުފަހު 13:00 ގައި އިހަވަންދޫ ކައުންސިލް އިދާރާގައި ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން 28 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 ގައި އެ އިދާރާގައި އޮންނާނެކަމަށެވެ.

Ad
rt

މިކަމަށް ޝައުގުވެރިވެ މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅޭނީ ކުންފުނި، ޕާރޓްނާރޝިޕް، ލޯކަލް އިންވެސްޓްމަން، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރިކުރުމުގެ ހުއްދަ ލިބަގެންވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން މައުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެ ވާހަކަ ރަށުގެ ކައުންސިލުން ވަނީ މި އިޢުލާނުގައި ހާމަކޮށްފަ އެވެ.

https://thiladhun.wonstasite.com/37125

އިހަވަންދޫއަކީ ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ރަށެކެވެ.

ފަހަކަށް އައިސް ރާއްޖޭގެ ގިނަރަށްތަކެއްގެ ކައުންސިލުން އަންނަނީ އެ ރަށްތަކުގެ ކުނި އެދެވޭ ގޮތުގައި މެނޭޖް ކުރުމަށް ސަރުކާރާއި ގުޅިގެން ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ނެވެ.