ރަށްތައް ތަރައްޤީކޮށް ރާއްޖެއަށް ޒިޔާރާތް ކުރަމުންދާ ރާއްޖޭން ބޭރުގެ ފަތުރުވެރިންނަށާއި ރާއްޖޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހިތްގައިމު މަންޒިލެއްގެ ގޮތުގައި މި ރާއްޖެ ދެއްކުމަށް ރާއްޖޭގެ ސަރުކާރުންނާއި އެކިއެކި މުއައްސަސާތަކުން ދަނީ ވަރަށް ބުރަކޮށް ތަފާތު ގިނަގުނަ މަސައްކަތްތަައް ކުރަމުންނެވެ.
އެގޮތުން މިފަހަރުގެ މި ލިޔުމުގައިވެސް ހިއްސާ މި ކޮށްލަނީ ހަމަ މިފަދަ މަޤްސަދެއްގަައި ރާއްޖޭގެ ރަށެއްގެ ކައުންސިލުން އިސްނަގައިގެން ކުރިއަަށް ގެންދާ އަގުހުރި މަސައްކަތެއްގެ ވާހަކައެވެ.
އެއީ ރާއްޖޭގެ މަދު ރަށަކުން ނޫނީ ނުފެންނަ "ރިންގް ރޯޑް" އެއް ތަރައްޤީކުރުމަށް ށ. އަތޮޅު ފީވަކުގައި ކުރަމުންދާ މަސައްކަތުގެ ވާހަކައެވެ. ރިންގް ރޯޑަކީ އެ ރަށެއްގެ ވަށައިގެން މީހުންނަށާއި ދުއްވާ ތަކެއްޗައް ދަތުރު ކުރެވޭނޭހެން ހަދާފައި އޮންނަ މަގެކެވެ. މީގެ މާބޮޑު ތަޢާރަފަކަށް ނުގޮސް އަޅުގަނޑުގެ މަޢުލޫއައިގެން ކުރިއަށްދަމެވެ.
މީގެ ހަތަރު މަސް ކުރިން ށ.ފީވަކު ކައުންސިލުން އިސްނަގައިގެން ފެށި ރިންގް ރޯޑުގެ މި މަސައްކަތުގެ 85 ޕަރސަންޓަށް ވުރެއް ބޮޑުބައި މިހާރު ވަނީ ދާދި އެއްކޮށް ކަހަލަ ގޮތަކަށް ނިންމާލެވިފައެވެ. މި މަސައްކަތަކީ ރަށުގެ ކައުންސިލުން އިސްނަގާގެން ހިންގަަވާ މަަސައްކަތަކަށް ވީކަމުގައިވިޔަސް މި މަސައްކަތުގައި ރަށުގެ ގިނަ ރައްޔިތުންތަކެއްގެ ފަރާތުންނާއި ފީވަކުގައި މިހާރު ހަދަމުންދާ ބަނދަރު ހެދުމުގައި ހަރަކާތްތެރިވަމުންދާ އެމް ޓީ ސީ ސީ ގެ ފަރާތުންވެސް ވަނީ މި މަސައްކަތައް ވަރަށްބޮޑު އެއްބާރު ލުމެއް ދީފަ އެވެ.

އެގޮތުން މަގު ހަދަމުން އަންނަ އިރު މަގަށް އަރާ ސަރަހައްދުތަކުގައިވާ އާންމުންގެ ރުއްގަސްތައް ކެނޑުމަށް އެ ރުއްގަސް ތަކުގެ ވެރި ފަރާތުން އެއްވެސް ވަރަކަށް މަނާކޮށްފައެއްނުވެއެވެ. ރުއްތައް ކަނޑާލާފައިވަނީ އެ ރުއްތަކުގެ އަގު އޭގެ ވެރިފަރާތައް ދިނުމަށް ފީވަކު ކައުންސިލުން އެއްބަސްވުމަށްފަހުގައެވެ. އަދި މިރުއްތައް ކެނޑުމަށާއި މަގަށް ވެލި އެޅުމަށާއި މަގު އެއްވަރު ކުރުމަށް އެމް ޓީ ސީ ސީ ގެ ފަރާތުން އެ ވެދެއްވި އެހީތެރިކަމަކީ އެކަމުގެ އަގުވަޒަންކުރުން ޙައްގުވެގެންވާ ކަމެކެވެ. މި މަސައްކަތް މިހާ އަވަހަށް މިހާ ކުުރު މުއްދަތެއްގެ ތެރޭގައި މިހާ ފުރިހަމަގޮތެއްގައި ނިމުމަކާ ހަމައަށް އައިސްފައިވަނީ މި ފަރާތްތަކުން ކޮށްދެއްވި އަގުހުރި މަސައްކަތުންކަމަށް ފާހަގަކުރަށްވާ ރަށުގެ ކައުންސިލުން ވަނީ މިފަރާތްތަކަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާފައެވެ.

25 އަކަށް ފޫޓުގެ ފޫޅާމިން ހުންނަ މި މަގުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު މި ސަރަހައްދު ވަނީ މިހާރު އާންމުންނަށްވެސް ހުޅުވާލެވިފައެވެ. އެގޮތުން ހަވީރުގެ ފިނިބުރު ޖެހުމަށާ ، އާއިލާގެ އެއްވުން ތަކަށާއި ، ފޮޓޯ ޝޫޓް ތަކަށާއި ޖޮގިން ކުރުން ފަދަކަންކަމަށް ރަށުގެ މި ސަރަހަައްދު އަންނަނީ ބޭނުން ކުރެވެމުންނެވެ.

ފާހަގަ ކޮށްލަންޖެހޭ އަނެއް ނުކުތާ އަކީ މި މަގު ބޮޑު ބައެއް ހެދުމާއެކު ރަށަށް ޒިޔާރާތް ކުރާ ރަށުން ބޭރުގެ ފަރާތްތަކަށްވެސް މަގުބޫލު ތަނެއްގެ ގޮތުގައި މި މަގު ވަނީ ވެގެން ގޮސްފައެވެ. އަދި މަގުގެ އެކި ހިސާބުތަކުގެ ދެ ފަރާތުގައި ހެފިފައިވާ ހިތްގައިމު ޕިކްނިކް އޭރިއާތަކުގެ ފުރިހަމަކަމުގެ ވާހަކައަކީ ރަށަށް އަންނަ މެހެމާނުން އަބަދުވެސް ފާހަގަ ކުރަށްވަމުން އަންނަ ވާހަކައެކެވެ. މި މަގުގެ ބާކީ ނުނިމި އޮތްބަޔަށް ވެލިއެޅުމާއި މަގު އެއްވަރު ކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ފީވަކު ކައުންސިލުން ދަނީ ކުރަށްވަމުންނެވެ.
ވީޑިއޯ: މުޙައްމަދު ފާރިޝް
މި މަގަކީ ރޭނގަޑުގެ ވަގުތުތަކުގައިވެސް އެދެވޭ ގޮތެއްގައި ބޭނުން ކުރެވޭނެ ތަނެއްގެ ގޮތުގައި ހެދުމަށް މަގުގެ ދެފަރާތުގައި ލައިޓް ލުމުގެ މަސައްކަތްވެސް ކައިރި މުސްތަޤްބަލެއްގައި ފެއްޓުމަށް ރަށުގެ ކައުންސިލުން ވަނީ ނިންމަވާފައެވެ. އަދި މިތަން ސާފުކޮށް ބެލެހެއްޓުމަށާއި މަގު ކުނިކެހުމަށް އުޖޫރައާއި އެކު ބަޔަކުވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
މި ހެދޭ މަގުގެ އިތުރުންވެސް ފީވައް ފާހަގަކުރެވެމުންދަނީ މިފަދަ ހިތްގައިމު އެތައް މަންޒިލްތަކެއް އޮންނަ ރަށެއްގެ ގޮތުގައެވެ. އާންމުންނާއި ރަށުގައި އެކުލަވާލެވިފައިވާ ޖަމިއްޔާތަކުގެ ފަރާތުން ރަށުގެ އެކި ހިސާބުތަކުގައިދަނީ ހިތްފަސޭހަ މަންޒިލްތަކެއް ރަށުގެ ރައްޔިތުންނަށް އެބޭފުޅުންގެ އަމިއްލަ ޙަރަދުގައި ހަދައިދެއްވަމުންނެވެ. މިއީ އެކުވެރިކަމާއި އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ނަމޫނާ ރަށެއްގެ ގޮތުގައި ދަނީ ގިނަބަޔަކު ފާހަގަ ކުރަށްވަމުންނެވެ.

މިރަށަކީ ރާއްޖޭގެ އެހެން ރަށްތަކާ ޚިލާފަށް ތަފާތު ވައްތަރުގެ ދަނޑިޖެހުމުގެ އެކި ކުޅިވަރުތައް ކުޅޭ ރަށެކެވެ. 1990ވަނަ އަހަރާއި 2004 ވަނަ އަހަރު، ދަނޑުވެރިކަމުން ރާއްޖެއިން 1 ވަނަ ހޯދާފައިވެއެވެ. މިރަށުގައި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ނިކަ ގަހެއް ހުރެއެވެ. މިރަށުގެ ބިމުގެ ބޮޑުމިނަކީ 86.4 ހެކްޓަރ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!