ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ޕަބްލިކް ކޮންޕެނީކަމަށްވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ކަސްޓަމަރުންނަށް "މާ ބޮޑަށްވެސް އަގުހެޔޮ ވެއްޖެ" މި ނަމުގައި ވަރަށް ޙާއްސަ ޕްރޮމޯޝަން އެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން އަކީ، މިހާރު ރާއްޖެއަށް އިންޕޯރޓް ކުރާތަކެއްޗަށް ނަގަމުން އައި އިންޕޯރޓް ޑިއުޓީއަށް އައި ބަދަލަކާ ގުޅިގެން، އެމް.ޓީ.ސީ.ސީ ކަށަވަރުން ވިއްކަމުން އައި ސުޒުކީ އައުޓްބޯޑް އިންޖީނާއި ޔަންމާ އިންބޯޑް އިންޖީނުތަކަށް ޙާއްސަކޮށް ހިންގޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ދަށުން މި ދެބާވަތުގެ އިންޖީނުތަކުގެ އަގުތައްވެސް ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.

Ad
rt

ސުޒުކީ އައުޓްބޯޑް އިންޖީނާއި ޔަންމާ އިންބޯޑް އިންޖީނުތަކުގެ އިތުރުންވެސް އެމް.ޓީ.ސީ.ސީގެ ފަރާތުން ދަނީ، ސިގްމާ އެންޓިފިއުލް ސިސްޓަމް އަދި ސްޓޮކް ބާޑާ ބްރޭންޑް ފައިބާރްކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިސްޑް ޑިސްޓްރިބިއުޓަރުގެ ރޯލުވެސް އަދާކުރަމުންނެވެ.

އެމް.ޓީ.ސީ.ސީއަކީ ހަމައެކަނި ޙާއްސަ ޕްރޮޑަކްޓްތައް ވިއްކުމުގައި ޝާމިލްވާ ކުންފުންޏެއް ނޫނެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން އަންނަ ބޮޑެތި މަޝްރޫތައް ހިންގުމުގައިވެސް މިކުންފުނިން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަށްވަމުންނެވެ.

އެގޮތުން ރަށްރަށުގެ ބަނދަރު ހެދުމާ، މަގު ހެދުމާ ރަށްރަށުގެ ގިރާ ސަރަހައްދުތައް ރައްކާތެރި ކުރުމާ ގެދޮރު އިމާރާތް ކުރުމާއި ފެނު އަޑީގެ ވެލްޑިންގް އަދި ކެފުމުގެ މަސައްކަތް ކުރުންފަދަ އެތައް ކަމެއްގައި އެ ކުންފުނީގެ ޓީމްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.