ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ނޫން ގޮތެއް ހޯދަން ޖެހިއްޖެ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ.

މެންބަރު އިބްރޭ މިހެން ވިދާޅުވީ މިއަދު ކުރަށްވާފައިވާ ޓުވީޓެއްގައި އެވެ.

Ad
rt

އެ ޓުވީޓުގައި އިބްރޭ ވަނީ ބޭންކް އޮފް މޯލްޑިވްސް ނޫން ގޮތެއް ހޯދަން ޖެހިއްޖެ ކަމަށް ވިދާޅުވެ ގައުމީ ބޭންކް، ބީއެމްއެލްއަށް ބޮޑު ތުހުމަތެއް ކުރަށްވާފައެވެ.

މިގޮތުން ރާއްޖޭގެ އިގްތިސާދަށް ދަތިވާ ކޮންމެ ދަނޑިވަޅެއްގައި ބޭރު ފައިސާ، ބޭންކްގެ މަސްލަހަތު އޮންނަ ފަރާތްތަކަށް ދީ ހުސްކުރާ ކަމަށް އިބްރޭ ވަނީ ތުހުމަތު ކުރަށްވާފައެވެ.

އިބްރޭ އިތުރަށް ވިދާޅުވީ ދައުލަތުގެ ވަގުވެރިންނަށް ފައިސާ ރައްކާ ކޮށްދީ އެ ފައިސާ ރޯލު ކުރުމުގެ ވަގު ވިޔަފާރިގައި ބީއެމްއެލްއިން ބައިވަމުން ދާ ކަމަށެވެ.

''ބޭންކް އޮފް މޯލްޑިވްސް ނޫން ގޮތެއް އަޅުގަނޑުމެން އެބަ ހޯދަން ޖެހިއްޖެ، އިގްތިސާދަށް ދަތިވާ ހަމަ ކޮންމެ ދަނޑިވަޅެއްގައި ބޭރު ފައިސާ ބޭންކްގެ މަސްލަހަތު އޮންނަ ފަރާތްތަކަށް ދީ ހުސްކުރޭ، ދައުލަތުގެ ވަގުވެރިންނަށް ފައިސާ ރައްކާ ކޮށްދީ އެ ފައިސާ ރޯލު ކުރުމުގެ ވަގު ވިޔަފާރިގައި އެބަ ބައިވެރިވޭ،''

-ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް-

މެންބަރު އިބްރާޙީމް ޝަރީފް މިހެން ވިދާޅުވިއިރު، ކޯވިޑްގެ ސަބަބުން ދިމާވި އިޤްތިޞާދީ ދަތިތަކާއިއެކު ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް ވަނީ އުފުލިފައެވެ. މިކަމުގެ ސަބަބުން ތަކެއްޗާއި، ޚިދުމަތްތަކުގެ އަގު ބޮޑުވެ އާންމު ރައްޔިތު މީހާއަށް ވަރަށް ބޮޑު ތަކުލީފެއް ލިބިގެން ދާނެއެވެ.