ށ. ފޯކައިދޫގައި ހޯމު ކަރަންޓީނުގައި ތިބޭ މީހުން ކައިރިއަށް އެރަށު ބައެއް މީހުންދާތީ، އެ ގޮތަށް ދާ މީހުން ޖޫރިމަނާކޮށް، ކަރަންޓީނު ކުރާނެ ކަމަށް ފޯކައިދޫ ސިއްހީ މަރުކަޒުން ބުނެފިއެވެ.

ފޯކައިދޫ ސިއްހީ މަރުކަޒުން މިހެން ބުނީ އެ މަރުކަޒުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

Ad
rt

އެ މަރުކަޒުން ބުނީ ރަށުގައި ކަރަންޓީނު ކުރެވިފައި ތިބޭ މީހުން ކައިރިއަށް އަދި ގޭގެއަށް މާބޮޑު ކަމަކަށް ނަހަދާ ބައެއް މީހުން ޒިޔާރާތް ކުރާކަން ފާހަގަ ކުރެވެމުން ދާކަމަށެވެ.

ކުޑަކުދިން ވެސް އެފަދަ ގޭގެއަށް ވަންނަ ކަމުގެ ޝަކުވާ އެބަލިބެމުން ދާކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ.

އެ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ވަރަށް ދެރަ އަދި އެހާމެ ނުރައްކާތެރި ކަމެއްކަން ފާހަހަކޮށް އެ މަރުކަޒުން ބުނީ އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފުވެ މިފަދަ ކަމެއް ކުރިކަން ޔަޤީންވެއްޖެ ނަމަ ޖޫރިމަނާ ކުރުމާއިއެކު އެމީހަކު ކަރަންޓީނު ކުރެވޭނެ ކަމަށެވެ.

"ރަށުގައި ކަރަންޓީނު ކުރެވިފައި ތިބޭ މީހުން ކައިރިއަށް އަދި ގޭގެއަށް މާބޮޑު ކަމަކަށް ނަހަދާ ބައެއް މީހުން ޒިޔާރާތް ކުރާކަން ފާހަގަ އެބަ ކުރެވޭ. އަދި ކުޑަކުދިން ވެސް އެފަދަ ގޭގެއަށް ވަންނަ ކަމުގެ ޝަކުވާ އެބަލިބޭ، މިއީ ވަރަށް ދެރަ އަދި އެހާމެ ނުރައްކާތެރިކަމެއް، އެޗްޕީއޭގެ އުސޫލުތަކާއި ޚިލާފުވެ މިފަދަ ކަމެއް ކުރިކަން ޔަޤީންވެއްޖެ ނަމަ ޖޫރިމަނާ ކުރުމާއިއެކު އެމީހަކު ކަރަންޓީނު ކުރެވޭނެ ވާހަކަ ދަންނަވަން."

=ފޯކައިދޫ ސިއްހީ މަރުކަޒު=

ފަހަކަށްއައިސް އަތޮޅުތަކުގެ ގިނަ ރަށްތަކަކުން އަންނަނީ ހޯމް ކަރަންޓީނުގައި ތިބޭ މީހުން ކޯވިޑަށް ޕޮޒިޓިވް ވަމުންނެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ކޯވިޑް ފެތުރެމުންދާއިރު، މިވަގުތު ވެސް މާލެ ފިޔަވައި އަތޮޅުތަކުގެ 35 ރަށެއްގައި ކޯވިޑް ބަލިމީހުން އެބަތިއްބެވެ.