ކޯވިޑް-19 އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސަރުކާރުން ދޭން ނިންމާފައިވާ ފްރަންޓްލައިން އެލަވަންސް ގޮތުގައި މިހާތަނަށް 33.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
އެކަން ހާމަކުރެއްވީ ފްރަންޓް ލައިން އެލަވެންސް އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީގައިި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވު ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް، ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ ފްރޮންޓް ލައިން އެލަވެންސްގެ ގޮތުގައި 33.5 މިލިއަން ރުފިޔާ ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
މިހާތަނަށް ހުއްދަ ދީފައިވާ ފައިސާގެ ތެރެއިން 300،000 ރުފިޔާ އަދި ނުދެވި ވާކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޯވިޑް-19 އާއިގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް ދޭން ފެށިކަން ފިނޭންސް މިނިސްޓްރީއިން ފުރަތަމަ ހާމަ ކުރެއްވީ ހުސްވި ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. މިހާތަނަށް އެލަވެންސް ދީފައިވަނީ މާރިޗު ހަތަކުން ޖުލައި 15ގެ ނިޔަލަށް މި މަސައްކަތުގައި އުޅުނު 2،948 މީހަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!