މުއައްސަސާ ދޫކޮށް ދާއިރު އެމީހަކަށްޓަކައި މުއައްސަސާ ފަޚުރުވެރިވާ ކަންތައްތަކެއް ހުންނަންވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މުއައްސަސާ ދޫކޮށް ދާއިރު އެބޭފުޅަކަށް ޓަކައި، މުއައްސަސާ ފަޚުރުވެރިވާ އަދި ފާހަގަކުރެވޭ ކަންތައްތަކެއް ހުންނަންވާނެ ކަމަށެވެ.
"މިކަހަލަ ކޮންމެ މުއައްސަސާއެއްގައި މަސައްކަތް ކުރާ މީހެއްގެ އަޞާސީ ސިފައަކީ އެމުއްސަސާއާއި، ވަޠަންދެކެ ލޯބިވުން" ފުލުހުންނާއި، ސިފައިންނާ ނުލައި މި ލޮބުވެތި ވަޠަންގެ ބަހާތައް ދެމެހެއްޓިގެން ނުދާނެ ކަން ފާހަގަ ކުރަށްވައި މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކެނީ ފުލުހަކީ އަޅުގަނޑުމެނަށް ނުލިބިފައިވާ ހައްޤު ހޯދައިދޭ މީހާ ކަމުގައި، އަމާންކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ މީހާ ކަމަށް، ކޮންމެ ނުރައްކަލެއް ކުރިމަތިވާ ހިނދު އެކަމުން ސަލާމަތްކޮށްދީ ރައްކާތެރިކޮށްދޭނެ މީހާ ކަމަށް"
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވިއެވެ.
ހުޅުމާލޭގައި އިއްޔެ ހުޅުވި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވަނީ މިއަދުގެ ދުނިޔޭގައި އަމާންކަން ކަށަވަރުވަނީ ފުލުހުން ކުރާ މަސައްކަތުގެ ސަބަބުންކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން ފުލުހުންނާމެދު ކުރާ އުއްމީދު ބޮޑުކަމަށާއި، ފުލުހުންގެ ވަޞީލަތްތައް ޤާއިމްކުރަން ސަރުކާރުން އިސްކަންދެއްވާކަމަށްވެސް މިނިސްޓަރު އިއްޔެ ވިދާޅުވިއެވެ. އަމަންއަމާންކަމާއި، ރައްކާތެރިކަން ކަށަވަރުކޮށް ބިރުވެރިކަން ނައްތާލަން ކުރާ ފުލުހުން ކުރައްވާ މަސައްކަތް ބަލައިގަންނަވާ ކަމަށާއި، މިދިޔަ 17 މަސްދުވަހަށް ބަލާއިރު ލޭ އޮހޮރުވުމާއި، ތަޅާފޮޅުން މަދުވުމަކީވެސް އޭގެ ހެއްކެއްކަން މިނިސްޓަރު ވަނީ އިއްޔެގެ ރަސްމިއްޔާތުގައި ފާހަގަކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!