އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިދިކޮޅު "ޕްރޮގްރެސިވް ކޯލިޝަން"ގެ ބައެއް އިސް ބޭފުޅުންނަށް ނަސޭހަތް ދީފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފުޅުންނަށް ނަސޭހަތް ދިނީ ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށްފައި ބައިވެރިވެފައި ވާތީކަމަށެވެ.

Ad
d

"ޤާނޫނާއި ޚިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުކޮށްފައި ބައިވެރިވެފައިވާތީ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ޕީޕީއެމް އަދި ޕީއެންސީގެ އިސް ބައެއް ބޭފުޅުންނަށް ނަސޭހަތް ދީފި" އީސީއިން ބުނެފައި ވެއެވެ.

އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ތަކުރާރުކޮށް ހިލާފުވެފައި ވާތީ އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު "ޕްރޮގްރެސިވް ކޯލިޝަން" އިއްޔެވަނީ 75،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައެވެ.

2020 އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު "ޕްރޮގްރެސިވް ކޯލިޝަން" އިން "ޤައުމު ވިއްކާލުމާއި ދެކޮޅަށް" މިނަމުގައި ވަނީ ބޭއްވި ސިޔާސީ ހަރަކާތެއް ބާއްވާފައެވެ. އެހަރަކާތުގެ ތެރެއިން އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލް ބުރު ނިންމާލުމުގެ ގޮތުން ޕީޕީއެމް އޮފީސް ކުރިމަތީ ވަނީ ހުއްޓި ތިބެ ޝުޢޫރު ފާޅުކޮށްފައެވެ.

Ad
df

ގިނަ ޢަދަދެއްގެ މީހުންނާއިއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން ހުކުރު ދުވަހު ބޭއްވި އެ ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.