އައު ދިރާސީ އަހަރު ފެށޭނީ އަންނަ އަހަރުގެ އޮގަސްޓުގައި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބަދަލުގެނެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައު ކަލަންޑަރު މިއަދު އާންމު ކުރައްވާފައެވެ.
އައު އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24 ގައިއެވެ. އަދި އައު ދިރާސީ އަހަރު ފެެށޭނީ އަނަން އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ.
މިއަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފެށޭނީ އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ކަމަށް އަދި ޗުއްޓީ ނިމި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ކަމަށް އައު އެކަޑަމިކް ކަލަންޑަރުގައި ބުނެފައި ވެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގެނައި މިބަދަލަކީ ދާއިމީކޮށް ގެންނަ ބަދަލެއްގެ ގޮތުގައި އަދި ކަނޑަ އަޅާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.
Academic Calendar 2020 (Revised on 13th August) pic.twitter.com/5KihnBhdyk
— Ministry of Education (@MoEdumv) August 13, 2020
އަންނަ އަހަރު ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާއިރު 2022 ވަނަ އަހަރުވެސް ދިރާސީ އާ އަަހަރު، އަހަރުގެ މެދުތެރެއިން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ.
މިދިޔަ މާޗްމަހުން ފެށިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވީ މިދިޔަ މަހު އެވެ. ނަމަވެސް ކޮރޯނާ ވައިރަސް ފެތުރޭލެއް އިތުރުވާތީ އަނެއްކާވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދިނުން ވަނީ ވަގުތީ ގޮތުން މަދުކަނޑާލައި މިހާރު ކްލާސްތައް ގެންދަނީ އޮންލައިންކޮށެވެ. އަދި އަތޮޅު ތަކުގައި ކޮރޯނާ ވައިރަސް ފެތުރޭ ރަށްތަކުގައި ވެސް ކިޔެވުން ވަގުތީ ގޮތުން ސްކޫލްތަކުން ދަނީ މެދުކަނޑާލަމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!