ވެސްޓް ބޭންކް ގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންގެ ގެތައް ބުލްޑޯޒަރ ފޮނުވައިގެން ސުންނާފަތި ކުރުމުގެ މަސައްކަތް އިޒްރޭލް ސިފައިން ފަށައިފިއެވެ.

އިޒްރޭލުގެ ރަހުމްކުޑަ މި މަސައްކަތުގައި، މިފަހަރު އެ މަސައްކަތް ފެށި ފަހުން އެއް އާއިލާ ދިރިއުޅޭ ގެ ބިމާއި ހަމަވަންދެން ވަނީ ހަލާކުކޮށްފައެވެ. ލަފާކުރެވޭ ގޮތުގައި މިފަހަރު 30 ހަކަށް ގެ އިޒްރޭލުން ހަލާކު ކޮށްލާނެއެވެ.

Ad
rt

އިޒްރޭލު ސަރުކާރުން މިކަމާއި ގުޅިގެން ބުނަމުން އަންނަނީ މިއީ ހަލާކުކުރަންޖެހޭ ގެތައް ކަމަށާއި އެމީހުން ހުއްދައާއި ނުލާ ގެތައް ބިނާކޮށް ފައިވާތީ ފަލަސްތީން ރައްޔިތުން ޖެހޭނީ އެތަން ދޫކޮށް ދާން ކަމަށެވެ.

އިޒްރޭލުން ވަނީ ހޮހޮޅާގައި ދިރިއުޅޭ އާއިލާތަކަށްވެސް އެތަންތަން ހަލާކުކޮށްލާނެކަމުގެ އިންޒާރުދީފައެވެ.

Thiladhun | Voice of Thiladhunmathiއަނިޔާގައި 44 އަހަރު! ކުލުނު ހުރި ހިތެއް ނެތް؟A hub for conversation about news and ideas from Bodu Thiladhunmathi.

1976 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ މި ލާއިންސާނީ އަނިޔާގެ ޝިކާރައަކަށް ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން މިވަނީ ވެފައެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ކަރާމަތް ވެއްޔާ މޮޑެލި އިސްރާއީލުގެ އަނިޔާވެރި ޕްލޭނުގެ ދަށުން މިހާތަނަށް 1.3 މިލިޔަން ޔަހޫދީން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ވަނީ ވަޒަންވެރި ކޮށްފައިވެ އެވެ.

އެތަންތަނުގައި ވަޒަންވެރިކޮށްފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުން ފަލަސްތީނަށް ހިޖްރަކުރާ ޔަހޫދީންނާއި އިންޓެންސިވްތައް ދީގެން އެބިމަށް ހިޖްރަކުރުވާ އެކިގައުމުތަކުގެ ޔަހޫދީންނެވެ. މިކަމުގެ ބޭނުމަކީ ހުޅަނގު އައްސޭރީގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލައިގެން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ފުރުސަތު ނުދިނުމެވެ.