އަލްމަޝަރަޙްގެ ޢާއިލާ ރޯލަ ރޯލާ ތިބީ އިސްރާއީލުގެ އަނިޔާވެރިން ފުނޑުފުނޑުކޮށްލާފައިވާ ޖެރޫސަލަމްގައި ހުރި އެމީހުންގެ ގެއަށް ބަލަހައްޓައިގެންނެވެ. ވަންނާނެ ތަނެއް، ދާނެ ތަނެއް ނެތެވެ. ދިއްކޮށްލާނެ ރަހުމުގެ އަތެއް ނެތެވެ.
އަލްމަޝަރަޙްގެ ޢާއިލާ އެކުރަމުންދާ ހިތާމަ، ހިތްދަތިކަން ތަހައްމަލުކޮށް، އަދި މިހާރުވެސް ތަހައްމަލުކުރަމުންދާ ފަލަތީންގެ އެތައްހާސް ޢާއިލާއެއް އިންސާފު ނުލިބި ކަރުނަ އަޅާތާ 44 ވަނީ އެވެ. އަޅުގަނޑުމެންނަށް އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި މިނިވަންކަން ކިޔައިދީ، ބާރުއަޅާ ގިނަ ޤައުމުތަކަކީ އިސްރާއީލުގެ އެ ލާއިންސާނީ އަމަލުތަކަށް ވާގި ދިނުމުގައި ތިބި ޤައުމުތަކެވެ.
އިސްރާއީލުން މުސްލިމުންގެ މުގައްދަސް އެއްބިނާ ހިމެނޭ، މުސްލިމުންގެ ތާރީޚުން މުއްސަނދިވެފައިވާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، އެ ބިންތަކުގައި ހުރި ފަލަސްތީނު މީހުންގެ ބިންތަކަށް ގަދަ ކަމުން ވެރިވެގަނެ، ފަލަސްތީނު މީހުންގެ ގެދޮރު ސުންނާފަތިކޮށް އެމީހުން މަގުމަތިކޮށް، އިސްރާއީލު މީހުންގެ ލެއިން ތަތްތެޅިފައިވާ އަތްތަކުން ފަލަސްތީނުގެ އަންނަނީ އަނިޔާވެރި ވަމުންނެވެ.
އަލްމަޝްރަޙްގެ ޢާއިލާ، އިސްރާއީލުން އެ ޢާއިލާގެ އަމިއްލަ ގެ ސުންނާފަތިކޮށްލުމުން ރޮނީ
1976 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ މި ލާއިންސާނީ އަނިޔާގެ ޝިކާރައަކަށް ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުން މިވަނީ ވެފައެވެ. އިންސާނީ ހައްޤުތަކުގެ މެޑެލް ޖަހަމުން، އެބައެއްގެ އަމިއްލަ އެޖެންޑާ ހާސިލް ކުރުމަށް ހޭބޯނާރާ އުޅޭ ޤައުމުތަކާއި ޖަމާއަތްތަކަށް މި މަންޒަރެއް ނުފެނެއެވެ. މިކަމުގައި އެ ޤައުމުތަކާއި ޖަމާޢަތްތައްވަނީ ކަނުވެ، ބީރުވެފައެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، ކަރާމަތް ވެއްޔާ މޮޑެލި އިސްރާއީލުގެ އަނިޔާވެރި ޕްލޭނުގެ ދަށުން މިހާތަނަށް 1.3 މިލިޔަން ޔަހޫދީން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ވަނީ ވަޒަންވެރި ކޮށްފައިވެ އެވެ.
އެތަންތަނުގައި ވަޒަންވެރިކޮށްފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުން ފަލަސްތީނަށް ހިޖްރަކުރާ ޔަހޫދީންނާއި އިންޓެންސިވްތައް ދީގެން އެބިމަށް ހިޖްރަކުރުވާ އެކިގައުމުތަކުގެ ޔަހޫދީންނެވެ. މިކަމުގެ ބޭނުމަކީ ހުޅަނގު އައްސޭރީގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލައިގެން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ފުރުސަތު ނުދިނުމެވެ.
ފޭރި ގަނެފައިވާ އަމިއްލަ ގެދޮރަށް ދެކިލުމަށް ފަލަސްތީނު ދެމަފިރިން އައިސް
އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަން ވެރިކުރުވުމަށް ހިންގާ ޣައިރު ގާނޫނީ މަޝްރޫއުގެ ދަށުން ނުވަ ހާސް ހައުސިންގް ޔުނިޓް ބިނާކުރުމަށް އިސްރާއީލުގެ ސަރުކާރުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކޮށްފައިވާ ބިންތަކަކީ އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ނިންމައި އެކަން ވަރަށް އަވަހަށް އިއްލާންކުރާނެކަން ޢިއުލާންވެސް ކޮށްފައެވެ.
އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރީ ހަރަކާތްތައް މިގޮތަށް ހުރިނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ އިސްރާއީލުގެ މިއަމަލުތައް ދިފާއުކޮށް އދ. ގައާއި ބައިނަލްއަގްވާމީ މަހްފަލްތަކުގައި އިސްރާއީލު ހިމާޔަތްކޮށް ދިފާއު ކުރަމުންނެވެ.
ގެދޮރު ފޭރިގަތުމުގެ އިތުރަށް ފަލަސްތީނުގެ އެތައް މުސްލިމުންނެއް ޝަހީދުކޮށް، އެތައް ކުޑަކުދިންނެއް ޔަތީމުވެ، އެތައްބަޔަކު ހުވަފަތްވެ، އެތައް މައިންބަފައިންނަކާއި ދަރިންނެއް ވަކިވެ ގޮސްފައިވާއިރު، އިސްރާއީލުގެ މި ނުބައި އަނިޔާވެރިކަން ނުފެންނަ ބަޔަކު އެހެން މީހުނަށް ހެޔޮއެދިގެން އުޅޭ ސަބަބާއިމެދު ފިކުރުކޮށްލަށްވާށެވެ. އެކަމުގެ ފަހަތުގައި ކޮންމެސް އަމިއްލަ އެދުމެއް ނެތްކަމަށް ނިންމި ދާނެ ތޯއެވެ.
މާތްﷲ މި ޢާއިލާތަކަށް ކެތްތެރިކަން ދެއްވައި، ރައްކާތެރިކަން ދެއްވުން އެދި ދުޢާކުރަމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ މިފަދަ ހާލަތު ތަހައްމަލުކުރާ އެންމެހާ މުސްލިމުންނަށް ރައްކާތެރިކަމާއި، މަދަދަށް އެދި ދުޢާކުރަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!