ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %30 ނިމިފައި ވާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
އެމްޓީސީސީއިން ކުރި ޓުވިޓެއްގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %45 މަސައްކަތްވެސް ވަނީ ނިމިފައިވާކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި، 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން 224 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި 2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.
Work on Hdh. Nellaidhoo Harbour is well underway, with overall 30% project progress. Harbour dredging work is currently ongoing with 45% completion. The estimated value of the project is MVR 47,623,290.28. The project was awarded to us on 27th August 2019. pic.twitter.com/vm6mHaLK2B
— MTCC Plc (@MTCCPlc) August 9, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 47,623,290.28 ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށްވެސް އެކުންފުނިން ވިދާޅުވި އެވެ. މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީ އިން އަންނަނީ ބޮޑެތި ގިނަ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދަމުންނެވެ. އެގޮތުން ރ. ދުވާފަރުގެ ނަރުދަމާގެ މަސައްކަތް ވެސް ފެށިގެން ކުރިއަށް ދާކަމަށް މިއަދު އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!