ޗައިނާއިން ތާރީޚީ ތަރިކަ ދަމަހައްޓާ މޮޅު ގޮތްތައް ވަޒީރު ހީނާ ބައްލަވާލައްވައިފި
ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމުގެ ޤައުމީ އަރުޝީފަށާއި، ހަންގްޒޫގައި ހުންނަ ޒެޖިއަންގް ލައިބްރަރީއަށް ޒިޔާރަތްކުރައްވައި ތާރީޚާއި ސަގާފަތް ރައްކާތެރިކުރުމަށް އެ ޤައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ޗައިނާގެ ހަންގްޒޫގައި ހުންނަ ނޭޝަނަލް އާކައިވްސް އޮފް ޕަބްލިކޭޝަންސް އެންޑް ކަލްޗަރ އަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ޤައުމުގެ ތާރީޚީ ލިޔެކިޔުންތައް ރައްކާތެރިކުރުމަށް ކުރަމުންދާ...