ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނަ ކޮށްފައިވާ ކަމުގެ މައްސަލަ އެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންކަމަށެވެ.

Ad
rt

ފުލުހުންބުނީ ތަހުގީގު ކުރެވެމުން ދަނީ ޖިންސީ ގޯނާގެ ތުހުމަތުގައ ކަމަށެވެ.

ހުށަހެޅިފައިވާ އަޚްލާގީ މައްސަލަތަކަކާއި ގުޅޭ ޝަކުވާ ތަކަކާއި ގުޅިގެން، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު އިސްތިއުފާ ދެއްވަން ރައީސް ޞާލިޙް މިރޭ ވަނީ އަންގަވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙީމް ހޫދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ޞާލިޙަށާއި، ޖެންޑަރ މިނިސްޓްރީ އަށް ހުހަޅާފައި ވާކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސް ޞާލިޙް މިރޭ އަންގަވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ހާމަކުރައްވާފައިވާއިރު ފުލުހުން ބަލަމުންދާ މައްސަލައިގައި މިނިސްޓަރ އަލީ ވަހީދުއަށް އަންނަނީ ބޮޑެތި ތުހުމަތު ތަކެއް ކުރެވެމުންނެވެ.

ޓޫރިޒަމް މިނިސްޓަރ ޢަލީވަޙީދު އިސްތިއުފާދެއްވުމަށް ރައީސް ޢަލީ ވަޙީދު ކުރެއްވި ޓްވީޓެއްގައިވަނީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތީތީ މާތް ﷲއަށް ހަމްދުކުރާކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެވެސް ދުވަހަކުން ތެދު ހާމަވާނެކަމަށް ވިދާޅުވެ، އޭނާއާމެދު ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

"މިދުވަސްވެއް ހިނގައިދާނެ"

ޢަލީ ވަޙީދު ޖަވާބުދެއްވަމުން މިރޭ ކުރި ޓުވިޓުގައި ބުނެފައިވެއެވެ.

އަލީ ވަހީދުގެ ޓުވީޓުގައި އަލީ ވަހީދުއާއި މެދު ކުރާ ތުޙުމަތުތަކަށް ވަކިއެއްޗެއް ވިދާޅެއް ނުވެއެވެ. ޢަލީ ވަޙީދުގެ އަޚްލާޤީ މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެމިނިސްޓްރީންވެސްވަނީ ޔަޤީންކޮށްދީފައެވެ.