ހދ. އަތޮޅު ކައުންސިލުން ދެމުން ގެންދާނެ ޓްރާންސްޕޯޓްގެ ޚިދުމަތްތައް އާންމުކޮށްފި

photo_2020-07-03_12-58-08

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން ހދ.އަތޮޅު ކައުންސިލުގެ އިދާރާއިން، ދެމުން ގެންދާނެ ޚިދުމަތްތައް އާންމުކޮށްފިއެވެ.

ޖުލައި ހަތަރުވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޚިދުމަތްތަކުގެ ތެރެއިން އެ ކައުންސިލުން ދެމުން ގެންދާނެ ޚިދުމަތްތައް އާންމުކޮށް، މިއަދި  ކުރި އިޢުލާނުގައިވަނީ އެ ކައުންސިލުން ދެމުންގެންދާނެ ޖުމްލަ އަށް ޚިދުމަތެއް ހާމަކުރައްވާފައެވެ. އެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އާކުރުން. (ގެއްލިގެން، ޙަލާކުވެގެން، މުއްދަތު ހަމަވެގެން)
  • އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރޯޑްވާދިނަސް ސްޓިކަރ ދޫކުރުން.
  • އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީއާ ގުޅުން ހުރި ޚިދުމަތްތައް.
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓަރީއާ ގުޅުން ހުރި ޚިދުމަތްތައް. (އަލަށް ހެއްދުން ފިޔަވާ)
  • ޓެކްސީ ދުއްވުމުގެ ހުއްދަ ދޫކުރުން.
  • ޓެކްސީ ކުރުމުގެ ލައިސަންސް އަދި ސްޓިކާ ދޫކުރުން.
  • އޮޑީ ނަންބަރު ދޫކުރުން.
  • ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސްގެ އަހަރީ ފީ ބަލައިގަތުން.

އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ޚިދުމަތް ހޯއްދަވާއިރު ޢާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިޖްތިމާޢީ ގައިދުރުކުރުމުގެ މިންގަނޑުތައް ހިފެހެއްޓުމާއި، ޢާއްމު ސިއްޚަތު ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދެއްވުމަށް ދަންނަވާކަމަށެވެ. އަދި ކައުންސިލް އިދާރާއަށް ޚިދުމަތް ހޯއްދެވުމަށް ވަދެވޭނީ އިދާރާގެ އެތޭރޭގައި 08 މީހުނަށްވުރެ އިތުރު ނުވާ ގޮތަށްކަމަށާއި، ޚިދުމަތް ހޯއްދެވުމަށް ވަޑައިގަންނަވާއިރު މާސްކް ބޭނުން ކުރެއްވުމަށް އިލްތިމާސްކުރާކަމުގައެވެ.

ޚިދުމަތް ލިބިވަޑައިގަންނަވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 13:00 އަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި