ހދ. ނާގޯށީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުމަށް މިއަދު ލީސް އެގްރިމެންޓުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި އެކު ސޮއިކޮށްފިއެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވަނީ މިއަދު ހެނދުނު 10:00 ގައި ޓޫރިޒަމް މިނިސްޓްރީގައެވެ. މިއެއްބަސްވުމާއި ގުޅޭ ތަފްސީލް މަޢުލޫމާތު ޓޫރިޒަމް މިނިސްޓްރީއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެގްރީމެންޓުގައިވާގޮތުން ރިސޯޓު ނިންމާ 36 ހަމަސް (3 އަހަރު) ދުވަސް ތެރޭގައި ހުޅުވަން ޖެހޭނެކަމަށެވެ.

Ad
rt

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަގަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ ރޭ ވިދާޅުވީ އެމްޓީޑީސީގެ ސެޓްލްމެންޓް އެގްރިމެންޓުގައި ހުރި ކަންތައްތަކާއި ގުޅިގެން އިންވެސްޓްމަންޓް ކުރިއަށް ނުގޮސް އޮތުމަށްފަހު އެގްރިމެންޓްގައި ހުރި ކަންކަން މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބަންޑާރަނައިބުގެ ލަފާ ވެސް ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކަމުގައި ނާގޯށިގެ އައު ލީސް އެގްރިމެންޓުގައި ބުރާސްފަތި ދުވަހު ސޮއިކުރެވިގެންދާނެ ކަމަށެވެ.

ކުރީގައި އެމްޓީޑީސީ ތެރޭގައި އޭގައި ހުރި ސެޓްލްމަންޓް އެގްރިމަންޓްސްގައި ހުރި ކަންތައް ތަކާއި ގުޅިގެން އިންވެސްޓްމަންޓް ކުރިއަށް ނުގޮސް އޮތީ. އޭގައި ހުރި ކަންތައްތައް ހައްލުކުރެވި އޭގެ އައު ލީސް އެގްރިމެންޓެއް އިރާދަކުރެއްވިއްޔާ ބަންޑާރނައިބްގެ ލަފާގެ މަތިން ލިބިފައި. މަދަމާގެ ވަގުތެއްގައި އިރާދަކުރެއްވިއްޔާ ސޮއިކުރެވިގެންދާނެ

ހދ. އަތޮޅުގައި ރިސޯޓް ތަރައްޤީ ކުރަމުންދާ ރާއްޖޭގެ އެންމެ ބޮޑު އެއް ފަޅުރަށާ ބެހޭގޮތުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން އެނބޫދޫ ފަޅުގައި މިރޭ ބޭއްވި “ގާލާ ނައިޓް” ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ މިއަހަރު ގެ ތެރޭގައި ހދ ނާގޯށީގެ އަމަލީ މަސައްކަތް މިސަރުކާރުން ފަށާނެކަމުގެ ޔަޤީންކަން ހދ. އަތޮޅުގެ ރައްޔިތުންނަށް ދޭނެކަމަށެވެ.

2007 ވަނަ އަހަރު އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށީގައި ރިސޯޓު ހެދުމަށް އެކުންފުނިން ވަނީ، ތްރީކޭ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެ ރަށް ސަބްލީޒް ކޮށްފައެވެ.

ރިސޯޓު ތަރައްގީކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސަރުކާރުން ދީފައިވާ ހދ. ނާގޯށީގެ މަސައްކަތް ނުނިމި، ދިގުލައިގެން ދާތީ އެ ރަށް އެމްޓީޑީސީގެ ދަށުން ވަކިކޮށް، އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރަން ނިންމައިފައިވަނީ 2016 ވަނައަހަރުގެ އޮކްޓޫބަރ މަހު އެވެ.

ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން 2017 ވަނަ އަހަރުގެ އޮގަސްޓްމަހު 17 ވަނަދުވަހު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ހަވާލުކޮށްފައިވާކަމަށް 2017 ވަނަ އަހަރު ނޫސްތަކުން ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީ އަށް ހދ. ނާގޯށި ދޫކޮށްފައިވަނީ 2006 ވަނަ އަހަރެވެ. އެރަށުގައި ތަރައްގީ ކުރަނީ 600 އެނދުގެ ރިސޯޓެވެ. ރަށް ތަރައްގީ ކުރުމަށް ސަބްލީޒް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލައާ އެވެ. ނާގޯށި ރިސޯޓު ހިންގުމުގެ އެއްބަސްވުމެއްގައި އެމެރިކާގެ ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭ އިން ހަވާލުކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި އެ ކުންފުނިން ކުރިން ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ. އަދި އޭގެ ފަހުން މިއަހަރު އެރަށް ހުޅުވާނެ ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.