ރާއްޖޭގައި ކޯވިޑް-19 އަށް ދަރުމަވަންތަ ހޮސްޕިޓަލު (ޑީއެޗް11)ގައި ފަރުވާ ދެމުން ދިޔަ 92 އަހަރުގެ ދިވެއްސަކު މަރުވެއްޖެއެވެ.
މިމީހާ މަރުވެފައި ވަނީ މިރޭ 11:54 ހާއިރުގައި ކަމަށާއި، މިމީހާ އަކީ 92 އަހަރުގެ ފިރިހެނެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވާފައި ވެއެވެ.
Tonight at 11:54 pm, a 92-year-old Maldivian male admitted at DH11 has passed away.
This is the 10th #COVID19 death in the Maldives.
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven.
— Health Protection Agency (@HPA_MV) July 1, 2020
މީގެކުރިން ކޯވިޑް19 ޖެހިގެން ރާއްޖެއިން މަރުވެފައި ވަނީ ހަތަރު ދިވެހީންނާއި، ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ޕިލިޕީންސްގެ މީހެކެވެ. މިރޭ މަރުވި މީހާއާއި އެކު ރާއްޖެއިން ކޯވިޑް -19ޖެހިގެން މަރުވި މީޙުންގެ އަދަދު މިވަނީ 10 އަކަށް އަރާފައެވެ.
ރާއްޖޭގައި ކޯވިޑް19 އަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ބަލިމީހުންގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ހާލު ބޮޑު ތިން މީހުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
ރާއްޖެއިން ކޯވިޑް19 އަށް ޕޮޒިޓިވްވި 2382 މީހަކު މިހާތަނަށް ވަނީ ފެނިފައެވެ. އޭގެ ތެރެއިން 1954 މީހަކު ވަނީ ބަލިން މުޅިން ރަނގަޅުވެފައެވެ. މިވަގުތު މިބައްޔަށް ފަރުވާކުރެވެމުން ދަނީ414 މީހުންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!