ނެއްލައިދޫ ބަނދަރު ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

25BB5AC9-7DE1-4C3F-B4AF-3310ECA440C7

ހދ. ނެއްލައިދޫ ބަނދަރު ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުޞަތު އެ ރަށު ކައުންސިލު އިދާރާއިން ހުޅުވައިލައިފިއެވެ.

މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ނެރެފައިފައިވާ އިޢުލާނުގައިވަނީ އެ ރަށު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުންނަށް އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށް ދިނުމަށާއި، މިކަމުގައި ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމުގެ މަޤުސަދުގައި " ބަނދަރުކޮމެޓީ" އެކުލަވާލަން ބޭނުންވާތީ، އެ ކޮމެޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމުގައެވެ.

މި ކޮމެޓީ އެކުލެވިގެންވަނީ ޖުމްލަ ބާރާ މެމްބަރުންގެ މައްޗަށެވެ. މިގޮތުން މި ކޮމިޓީގައި ހިމެނެނީ އާންމު ރައްޔިތުންގެ ތެރެއިން ހޮވާ ތިން ފިރިހެން މެމްބަރުންނާއި ދެ އަންހެން މެމްބަރުންނެވެ. ރަށުގެ ވިޔަފާރިވެރިންގެ ތެރެއިން ހޮވާ ދެ މެމްބަރުންނާއި އަދި ރަށުގެ އޮޑިވެރިންގެ ތެރެއިން ހޮވާ ފަސް މެމްނަރުންނެވެ.

މިދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އިތުރަށް މެމްބަރުން ކުރިމަތި ލައިފިނަމަ ކޮމެޓީއަށް މެންބަރުން ހޮވާނީ ގުރުއަތު ލައިގެން ކަމަށާއި، މިކޮމެޓީއަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކުން 07 ޖުލައި 2020 ވަނަ ދުވަހުގެ 13:00 ކުރިން ސިޓީ ފޮނުއްވުމަށް އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި