•  
  •  
  •  
  •  
  •  
  •  
  •  

މާދަމާއިން ފެށިގެން ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި އަކީ ފަތިހު 5 ކުން ރޭގަނޑު 10 އަކަށްކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ބުނެފިއެވެ.

އެމިނިސްޓްރީއިން މިރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، މިހާތަނަށް ޢަމަލުކުރަމުން އައި އުޞޫލަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ލުއި ދިނުމަށް ނިންމުމާއި ގުޅިގެން، 01 ޖުލައި 2020 އިން ފެށިގެން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ފިހާރަތަކާއި، ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ފަތިހު 5:00 އިން ރޭގަނޑު 10:00 އަށްކަމަށެވެ.

ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކާއި، ޑެލިވަރީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުންވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރައްވަން ވާނެކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

މި އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑިތަކުގައި، އިތުރު ހުއްދައެއް ނުނަގައި ވިޔަފާރިކުރެވޭނެ ކަމަށް އެމިނިސްޓްރީއިން ބުނެއެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ