މިހާރު ފައިސާގެ މުއާމަލާތްތައް ޓޫރިޒަމް މިނިސްޓްރީއިން ނުހިންގާތީ އެމިނިސްޓްރީގެ ތިޖޫރިތަކުގެ ބޭނުމެއް ނެތް ކަމަށާއި މިނިސްޓްރީގެ 2 ތިޖޫރީގައިވެސް ހުރީ ދުފާ އެއްޗިހިކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ އެއްވެސް ފައިސާއެއް ޓޫރިޒަމް މިނިސްޓްރީއަށް ޖަމާކުރަން ބޭނުންނުވާ ކަމަށާއި ފާއިތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ފައިސާއެއް މިނިސްޓްރީއަށް ޖަމާވެފައި ނުހުންނާނެ ކަމަށާއި ފައިސާގެ އެއްވެސް ތުހުމަތެއް ވެސް މިނިސްޓްރީއަށް ނޯންނާނެ ކަމަށެވެ.

Ad
d

އަޅުގަނޑު ގަބޫލުކުރާ ހިތްވަނީ ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ފައިސާއެއް ޖަމާކުރަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންގެ އަތުގައި އެބައިން ދެ ތިޖޫރީ. އޭގައި މިހާރު އަޅުގަނޑަށް އެނގިގެން ހުރީ ދުފާއެއްޗެހި. އެއްވެސް ކަހަލަ ފައިސާއެއް ޓޫރިޒަމް މިނިސްޓްރީގައި ނުހުންނާނެ އަދި އަޅުގަނޑު މިނިސްޓަރު ކަމުގައި ހުއްޓާ އެކަހަލަ އެއްޗެއް (ފައިސާ) ވަނަ ނުދޭން އަޅުގަނޑުގެ ވިސްނުމުގައި މިހިރީ

މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ޓޫރިޒަމް ފީތައް ކުރިއަށް އޮތްތަނުގައި ނަގަން ޖެހޭނީ މިނިސްޓްރީއިން ކަމަށް ސުޕްރީމް ކޯޓުން ނެރުނު ހުކުމެއްގައި ބުނެފައިވުމުންނެވެ. މިކަމަށް އަލި އަޅުވާލަމުން މިނިސްޓަރ އަލީ ވަހީދު ބުނެފައިވަނީ މި ހުކުމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސާ ބަންޑާރަ ނައިބުގެ އޮފީހާ މީރާއާ ގުޅިގެން މިކަމަށް އެޑްރެސް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންކަމަށާއި މިވަގުތު ޖަވާބެއްގެ ގޮތުގައި ދަންނަވާނީ އެ މިންވަރަށް ކަމަށެވެ.

އެހެން ނަމަވެސް އެހާ ކުރާ ހިތްވާ ކަމެއް ނޫން އެއްވެސް ފައިސާއެއް ޓޫރިޒަމް މިނިސްޓްރީއަށް ސަރުކާރުން ޖަމާކުރުމަކީ،

މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިތުރަށް ވިދާލުވީ ރާއްޖެއަށް ކުރިންވެސް އޮޕަރޭޓްކުރި އެއަރލައިންތަކާއެކު މަޝްވަރާތައް ކުރިއަށް ގޮސްފައިވާކަމަށެވެ. އަދި ފަތުރުވެރިކަމަށް ހުޅުވާލާ ހިސާބުން ގިނަ އެއަރލައިންތަކެއް ރާއްޖެއަށް އޮޕަރޭޓްކުރުމަށް ސްލޮޓަށް އެދިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އުންމީދުކުރަނީ އެދުވަހުގެ ހެދުނުގެ ވަގުތެއްގައި ރާއްޖެއަށް އަންނަ ފުރަތަމަ ފްލައިޓް ދަތުރުވެރިންނާއި އެކު އަންނާނެކަމަށް. 11 އެއަރލައިނަކުން ރާއްޖޭގެ އެއަރޕޯޓަށް ދަތުރު ފެށުމަށް ސްލޮޓްސް ވަނީ ރިޒާވް ކޮށްފައި. އަނެއްކޮޅުން ވާނީ މިދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކޯވިޑް-19 އައުމުގެ ކުރިން ދަތުރުކުރަމުން ދިޔަ އެއަރލައިން ތަކާއި ބައްދަލުކޮށްފައި މަޝްވަރާކޮށްފައި. އޭގެ ތެރެއިން ގިނަ އެއަރލައިންތައް ޖުލައިމަހު ގެ ތެރޭގައި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ޑޭޓް ލިބުމާއިއެކު ކުރާނެ. ބާކީ ހުރި އެއަރލައިންތައްވެސް އޯގަސްޓްމަހު ތެރޭގައި ދަތުރުތައް ފަށާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާގައި

މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު ވިދަޅުވީ އެއަރޕޯޓާއި ގުޅުން ހުރި ފަރާތްތަކާ ގުޅިގެން ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މިގޮތުން އެއަރޕޯޓަށް ކޮންމެ 20 މިނެޓަކުން ފްލައިޓް ޖައްސާ ކްލިއަރަންސް ހެދޭ ވަރަށް އެމްއޭސީއެލްއިން ޔަޤީންކަން ދެއްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް 3 މަހުގެ ތެރޭގައި އިތުރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އޮޕަރޭޝަންތައް ހަރުދަނާކުރަން ހުރިހާ އިދާރާއަކުން އެކުގައި މަސައްކަތް ކުރާނެކަމަށާއި މީހެއިތުރުންވެސް ރާއްޖޭގެ ބޯޑަރު ހުޅުވާލަނީ އަޅަންޖެހޭ ވަރަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށްފަހުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Ad
df

މިނިސްޓަރ ވިދާޅުވީ ޓުއަރިސްޓުންނަށް އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް އޮތަސް، ރާއްޖޭގެ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށްޓަަކައި އަލާމާތްތައް ހުރި މީހުން ޓެސްޓްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަަމަށެވެ.