އިންސާނީ ކަރާމަތަށް އިސްކަންދީގެން ޕްރޮފެސަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ހުއްނަތަން ދެކެން ބޭނުންވާކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބުދު ﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންސާނީ ކަރާމަތަށް އިސްކަންދީގެން ޕްރޮފެސަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލެވޭނެ ޤާބިލުކަން ފުލުހުންގެ ކިބައިގައި ހުއްނަތަން ދެކެން ބޭނުންވާކަމަށެވެ. އަދި ފުލުހުއްނަށް ދެވޭ ތަޢުލީމާއި ތަމްރީން ތަކުގެ ތެރެއިން ކުރިޔަށް އޮތްތާގައި އެކަން ކަށަވަރު ކުރަށްވާނެ ކަމަށްވެސް މިނިސް ވިދާޅުވިއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލިސް ކައިރީ އިއްޔެ ބައެއް މީހުން މުޒާހަރާކޮށްފައި ވަނިކޮށެވެ. އިއްޔެ މަޖިލިސް ކައިރީ މުޒާހަރާ ކުރި ޖަމާއަތެއްގެ މީހުންގެ ފުލުހުން އެތަނުން ދުރަށްޖެއްސި ގޮތާއިމެދު ހިތްހަމަ ޖެހިވަޑައިގެން މަޖިލިސްގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ވަނީ ނުރުހުން ފާޅުކުރަށްވައި ޓުވީޓު ކުރަށްވާފައެވެ. މިޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ އެ ޓުވީޓު ރީ-ޓުވީޓު ކުރަށްވާފައެވެ.
Insaanee karaamathah iskandheegen profesional koh ghair qaanoonee evvunthah roolhaaleveyne qaabilukan fuluhunge kibaiga hunnathan dheken beynun. Fuluhunnah dhevey thauleemaai thamreen thakuge therein kuriyah oyithaa ekan kashavaru kuraanan iA.
— Imran Abdulla (@ShimranAb) June 23, 2020
އަދިވެސް މިތިބީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި، އެހެންކަމުން މާލޭގެ މަގުތަކަށް އެއްވުމުގެ ބަދަލުގައި އެހެން ގޮތްގޮތަށް ކަންބޮޑުވުން ފާޅުކުރުމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް އިއްޔެ ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ދަނޑިވަޅަކީ ފުލުހުންގެ ޚިދުމަތުގެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލިސްއަށް ހުށަހެޅި، އެ ބިލްގެ މަސައްކަތްވެސް ހިނގަމުންދާ ދަނޑިވަޅެކެވެ. އެ ބިލުގެ ބަހުސްގައި ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މަޖިލިސް މެމްބަރުން ވަނީ ފުލުހުންނަށް އަމާޒުކޮށް ނުރުހުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސާލިޙް ވަނީ ވަކި ބަޔަކު ކުރި ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ އިސްލާހު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ގައުމުގެ ސަލާމަތަށް ވަރަށް މުހިންމު ބައެއް ކަމަށާއި، އެ މީހުން ކުރަމުން އެ ގެންދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށެވެ.
މީގެއިތުރުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާ ކުރަމުން އަންނަ މަޖިލީހުގެ 241 ކޮމެޓީގެ ސަބް ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ އޮޕަރޭޝަނަލް ކަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އާއި އެހެން އެއްވެސް މުއައްސަސާއަކަށް ވެސް ވަދެވިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!