ފެނާ ނަރުދަމާފަދަ އަސާސީ ބޭނުންތަކަށް ސަލާންޖަހަން ޖެހުމީ ގަބޫލުކުރެވޭނެ ކަމެއްނޫން: ރާއީ

MP Raaee

ފެނާ ނަރުދަމާފަދަ އަސާސީ ބޭނުންތަކަށް، ސަލާންޖަހަން ޖެހުމީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށް މަކުނުދޫ ދާއިރާގެ މެންބަރ މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ރަށްތަކަށް މިހާރުކުރަމުންދާ ވިއްސާރައިގައި އެ ސިޓީއަށް ކުރިމަތިވެފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކޮމިޓީގެ ދާއިރާގެ ތެރެއިން ޙައްލުހޯދިދާނެ ކަންކަމާ ގުޅޭގޮތުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި ރާއީ ވިދާޅުވީ އޭޓީއެމް މެޝިނަކަށް ނުވަތަ ފެނާ ނަރުދަމާފަދަ އަސާސީ ބޭނުންތައް ނެތިގެން އެވާހަކަ މިއަދު ދައްކަން ޖެހުމީ ގަބޫލު ކުރެވޭނެކަމެއް ނޫންކަމަށެވެ.

މީގެ އިތުރުން ރާއީގެ ވާހަކައިގައި ފާހަގަކުރެއްވީ 2020 ވަނަ އަހަރުގައި ތިބިއިރު ދައްކަން މިޖެހެނީ ދާއިރާގައި ފެނާ ނަރުދަމާ ނެތްވާހަކަ ކަމަށެވެ. ގޯތި ތެރެއަށް ޖަންގުސަން ފައްތަމުން ގޮސް ގޯތިތައް ކުދި ވެއްޖެ ކަމަށާއި ޖެހިޖެހިގެން ޖަންގުޝަން ހުރުމުން ފެން ބޭނުން ނުކުރެވޭކަމަށް ރާއީ ވިދާޅުވިއެވެ.

ނޭކުރެންދޫ އާއި މަކުނުދޫ މިދިޔަ ހަފްތާގައި ބަޔަކާ ހަވާލު ކުރެވިފައިވަނީ، ކަށަވަރުކުރަން ބޭނުން މިއަހަރު ތެރޭގައި މަކުނުދޫ ދާއިރާގެ ހުރިހާރަށެއްގައި ކުމުންދޫވެސް ހިމެނޭހެން ނަރުދަމާއާއި ފެނުގެ ކަންތައް ނިމިގެން ދާނެކަމަށް، އަނެއްކާ އަންނަ އަހަރުގެ ބަޖެޓަށް ވޯޓުދޭއިރު މިވާހަކަތައް ތަކުރާރުކުރަން ނުޖެހޭނެކަމަށް އުންމީދުކުރަން.

މަކުނުދޫ ދާއިރާގެ ތިންރަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާކަން ފާހަގަ ކުރަމުން ރާއީ ބުނެފައިވެއެވެ.

މީގެ އިތުރުން ރާއީ ވިދާޅުވީ އެތައް ވެރިކަމެއް އައިސް ނިމިއްޖެކަމަށާއި އެތައް މިނިސްޓަރުންނެއް އެބަތިބިކަމަށާއި އެތައް ބަޔަކު މިގޮނޑިތައް ފުރާފައި ގޮސްފިކަމަށެވެ. މިފަދަ އަސާސީ ބޭނުންތައް ނެތިގެން އެވާހަކަ ދައްކަން ޖެހުނީ މިކަންކަމާއި ހަވާލުވެތިިބި މީހުންގެ އިޙުމާލުގެ ސަބަބުންކަން ރާއީ ފާހަގަ ކުރެއްވިއެވެ. އަދި މިފަދަ އަސާސީ ކަންކަން ނެތިގެން ސަލާން ޖަހަންޖެހޭ ވަރަށް ވުރެއް ދުނިޔެ މިއަދު އޮތީ ތަހުޒީބުވެފައިކަމަށް ރާއީ ވިދާޅުވިއެވެ.

ރާއީ ވިދާޅުވީ މިއަންނަ އަހަރުގެ ބަޖެޓަށް ވޯޓުލާން އަންނައިރު މިއަހަރު ރަށްރަށަށް ބަޖެޓުކުރެވިފައިހުރި ކަންކަން ހާއްސަކޮން މަކުނުދޫ ދާއިރާގެ ފެނާ ނަރުދަމާގެ ކަންކަންމުގެ ވާހަކަ ދައްކަން މިތާ ހުންނަށް ޖެހިއްޖެނަމަ ވަރަށް ވެސް އުނދަގޫވާނެކަމަށެވެ.

ހަވާލުވެތިބި މިނިސްޓަރުން މިކަންތައްތައް ބަލާ ރައްޔިތުންނަށް އެންމެ އުނދަގޫވާ އަސާސީ ކަންތައްތަ މިއަހަރުތެރޭ ފަށާ އެބޭފުޅުންގެ އުންމީދު ހާސިލްކޮށްދެއްވުމަށް އެދެން

ރާއީގެ ވާހަކަ ނިންމާލަމުން ބުނެފައިވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހާލަތާއި ބެހޭ ގޮތުން މެންބަރުން ދެއްކެވި ވާހަކައަށް އަލިއަޅުވާލަމުން ރާއީ ބުނެފައިވަނީ އެއީ ބޑެތި ސިޓީތަކުގެ ރައްޔިތުން އުޅެން ޖެހިފައިވާ ހާލުކަމުން އަދި ކުދި ކުދި ރަށް ރަށުގައި އުޅޭ ރައްޔިތުން އެޅެންޖެހޭނެ ހާލަތާއި މެދު ވިސްނާލުން މުހިންމު ކަމުގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސާބަހޭ ރާއީ ވަރައްރަންގަޅުވާހަކައެއްތިކަންވެއްޖެއްޔާރަންގަޅު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި