ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ސީލިން ވެއްޓިއްޖެއެވެ.

މި އޭޓީއެމްގެ ސީލިން ވެއްޓިފައި މިވަނީ މިހާރު ކުރަމުންދާ ވިއްސާރައިގައ ހަނިމާދޫއަށް މިއަދު ބޯކޮށް ވާރޭ ވެހި ގަދަ ވިއްސާރަ ކުރަމުން ދަނިކޮށެވެ.

Ad
rt

ވިއްސާރަވެހޭ ދުވަސްވަރު މި އޭޓީއެމް ބަހައްޓާފައި ހުންނަ ތަނުން ކަރަންޓު ކެނޑުމަކީ އާންމުކޮށް ދިމާވާ ކަމެއްކަމަށް އެ ސަރަޙައްދުގައި މަސައްކަތްކުރާ ބައެއް މީހުން ވަނީ މަޢުލޫމާތު ދީފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި ހަނިމާދޫގެ ބައެއް ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ޅ އަތޮޅަށް ޔެލޯ އެލާރޓް ނެރެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށްވެސް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.