ހއ. ތަކަންދޫ ޒުވާނުންގެ ފަރާތުން އެރަށަށް ފޭސް މާސްކާއި ގޮގްލްސް ހަދިޔާކޮށްފިއެވެ. އަދި އެރަށު ޒުވާނުންގެ އެހީތެރިކަމާއި އެކުއެރަށުގައި ތިބި ދިގު މުއްދަތައް ބޭސް ބޭނުން ކުރާ ފަރާތް ތަކަށް ބޭނުންވާ ބޭސް ވަނީ ފޯރުކޮއްދީފައެވެ.

ތަކަންދޫ ޒުވާނުންގެ މިއެހީތެރިކަމަށް ޝުކުރުއަދާ ކުރަމުން ތަކަންދޫ ކައުންސިލުން ބުނެފައި ވަނީ ކޯވިޑް-19 ގެ ބަލި މަޑުކަމުން ދިވެހި ރާއްޖެއަށް ދިމާވެފައިމިވާ މިފަދަ ދަތި ވަގުތެއްގައި ތަކަންދޫ ޒުވާނުން ފަރާތުން ތަކަންދޫގެ ލޮބުވެތި ރައްޔިތުންނަށް ސިއްޙީ ގޮތުން ރައްކާތެރިވުމަށް މާސްކު އަދި ތަކަންދޫ ސިއްޙީ މަރުކަޒައް ގޮގްލްސް ހަދިޔާ ކޮއްފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން އެރަށުގައި ތިބި ދިގު މުއްދަތައް ބޭސް ބޭނުން ކުރާ ފަރާތް ތަކަށް ބޭނުންވާ ބޭސް ވަނީ ޒުވާނުންގެ އެޙީއާއެކު ރަށަށް ގެނެވި އެފަރާތްތަކަށް ފޯރުކޮއްދެވިފައިވާ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައިއެވެ.

ތަކަންދޫ ކައުންސިލުން ބުނީ ތަކަންދޫ ކޯވިޑް-19 ޓާސްކު ފޯސްގެ އެހީތެރިކަމާއެކު މިތަކެތި ރައްޔިތުންނަށް ހަދިޔާ ކޮށްފައިވާ ކަމަށެވެ.

1 މެއި 2020 ވަނަ ދުވަހު ތަކަންދޫން ވަނީ ކޯވިޑަށް 3 މީހުން ޕޮޒިވް ވެފައެވެ. އެމީހުންނަކީ ހުސްވި އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އިހަވަންދޫ ކާވިޔާ ބޯޓުން ދަތުކުރި އެރަށު 36 މީހުން ތެރޭ ހިމެނޭ 3 މީހުންނެވެ. އެ ބޯޓުން ދަތުރުކުރި މީހުން ތެރެއިން ފުރަތަމަ ޕޮޒިޓިވްވީ އެ އަތޮޅު އުލިގަމު މީހެކެވެ. އެމީހާ މިހާރު ވަނީ ރަނގަޅުވެފައެވެ.

ތަކަންދޫން ޕޮޒިޓިވް 3 މީހުން ތިބީ ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި އެވެ. އެމީހުން ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭއިން ތަކަންދޫ މޮނިޓަރިންގ ހާލަތަށް ގެނައުމަށްފަހު 21 މެއި 2020 ގައި އެރަށްވަނީ މޮނިޓަރިންގ ހާލަތުން ނަގާފައެވެ.