އީދު ނަމާދަށްވެސް ސައުދީ އަދި ޔޫއޭއީގެ މިސްކިތްތައް ނުހުޅުވާނެ

photo_2020-05-23_05-50-23

ކޮރޯނާވައިރަސް ބަލިމަޑުކަމާއި ގުޅިގެން ފިޠުރު ޢީދު ނަމާދަށްވެސް މިސްކިތްތައް ނުހުޅުވާގޮތަށް ސައުދީ އަރަބިއްޔާއާއި، ޔޫއޭއީން ނިންމާފައިވާ ކަމަށް އެ ދެ ޤައުމުގެ އޮފިޝަލުންނާއި ހަވާލާދީ ރޮއިޓާސް ބުނެފިއެވެ.

ގަލްފު ސަރަޙައްދުގެ ޤައުމުތަކުގައި ފިތުރު ޢީދު ފާހަގަ ކުރާނީ މިއަދު ނޫނީ އާދީއްތަ ދުވަހުއެވެ. ޝައްވާލްމަހުގެ ހަނދު އިއްޔެ ފެނިފައި ނުވާތީ ސައުދީ އަރަބިއްޔާއިން މިހާރު ކަނޑައަޅާފައިވަނީ، އެގައުމަށް މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ އާދީއްތަދުވަސް ކަމަށެވެ.

ސައުދީ ސްޓޭޓް ޓީވީއިން ބުނެފައި ވަނީ ކޮރޯނާ ވައިރަސް ބަލިމަޑުކަމާއި ގުޅިގެން މިސްކިތްތަކުގައި ފިތުރު ޢީދު ނަމާދު ނުކުރުމަށް ސައުދީ އިސްލާމިކް މިނިސްޓަރު އަބްދުލް ލަޠީފް އަލް ސައިޚް އިރުޝާދު ދެއްވާފައި ވާކަމަށެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމާއި ގުޅިގެން ޢީދު ނަމާދު ކުރާނީ ގޭގައި ކަމަށް މަސްޖިދުލް ނަބަވީގެ އިމާމު އަބުދުލް ބާރީ އަލް ތުބައިތީވެސް ވިދާޅުވެފައިވާ ކަމަށް ސައުދީ ޕްރެސް އޭޖެންސީއިން ވަނީ ބުނެފައެވެ.

ޔޫއޭއީ ސަރުކާރުގެ މީޑިއާ އޮފީހުންވެސް ކޮރޯނާވައިރަސް ބަލިމަޑުކަމާއި ގުޅިގެން ވަނީ ޢީދު ނަމާދަށް މިސްކިތްތައް ނުހުޅުވާނެ ކަމަށް ބުނެފައެވެ.

ސައޫދީ އަރަބިއްޔާގެ 67،719 މީހުންނަށް މިހާތަނަށް ވަނީ ކޯވިޑް-19 ޖެހިފައެވެ. އެ ޤައުމުން 364 މީހުން އެބަލީގައި މަރުވެފައި ވާއިރު، 39003 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ޔޫއޭއީން މިހާތަނަށް މިބަލި ޖެހިފައިވަނީ 27،892 މީހުންނަށެވެ. އެ ޤައުމުން 241 މީހުން އެބަލީގައި މަރުވެފައި ވާއިރު، 13798 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *