ކޯވިޑް19ގެ ކަންތަކުގައި ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތުން ތިލަދުންމަތީ އެމްޑީޕީ މެންބަރުންނަށް ނޮޅިވަރަމް ދާއިރާގެ މެންބަރ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

މިއަދު މޮސްޓާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އައްޑޫއަށް ދުވާލަކު 30 ހުން 50 ހުން މީހުން ގެންދަމުން ދާއިރު ބޮޑު ތިލަދުންމަތީ މެންބަރުންތައް މާ ސަރުކާރުވެގެން ކުރަނީ ކީއްތޯ ސުވާލު އުފައްދަވާފައެވެ. މޮސްޓާ އިތުރަށް ބުނެފައިވަނީ އެމްޑީޕީއަށް ތިލަދުންމަތިންވެސް ނުލިބެނީ ނޮޅިވަރަމް ދާއިރާގެ ގޮނޑި އެކަނިކަމަށާއި ހދ އަތޮޅުގައި ކަރަންޓީނުކޮށްލާނެ ތަނެއް ނެތީ އެހެންވެތޯ ސުވާލު އުފައްދާފައެވެ.

Ad
rt

މީގެ އިތުރުން މޮސްޓާ ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ އައްޑޫއިން ޓެސްޓު ނުހެދޭކަމަށް ބުނާއިރު މާލެ ފިޔަވާ އެންމެ ގިނަބަޔަކު ޚިދުމަތް ހޯދާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައިވެސް ޓެސްޓް ހެދެން ނެތްކަން ފާހަގަކޮށްފައެވެ.

އަދިވެސް ބޮޑު މުހައްމަދަށް ފަހު ތިލަދުންމަތި ބާކީ ކުރުން ނުހުއްޓުވޭ، ވަކި ސަރުކާރެއް ނެތް މިކަމުގައި އެންމެންވެސް އެއްވަރު

މޮސްޓާގެ ޓުވީޓުގައި ބުނެފައިވެއެވެ.

މޮސްޓާ މިހެން ބުނެފައިވާއިރު ސަރުކާރުން އަންނަނީ އުތުރުގެ ރައްޔިތުންނަށް ފަރުވާ ދިނުމަށް ށ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ 20 އެނދާއި 35 އައިސޮލޭޝަން އެނދު ތަރައްޤީ ކުރަމުންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކޯވިޑް19 އަށް ފަރުވާ ދޭ ހާއްސަ ހޮސަޕިޓަލުގެ ތެރޭގައި ނުހިމެނެއެވެ.