ރާއްޖެ އަށް ބޭނުންވާ ބޭހުގެ ބާވަތްތައް، އެސްޓީއޯ އިން ފްލައިޓެއް ޗާޓަރުކޮށްގެން ރާއްޖެ ގެނެސްފި އެވެ.

އެސްޓީއޯ އިން ވަނީ މި ތަކެތި އިންޑިއާ އިން ގެނައުމަށްޓަކައި، ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބޯޓެއް ޗާޓަރުކޮށްފަ އެވެ. ކޮޗިން އިން އައި މި ފްލައިޓް ރޭ ވަނީ ރާއްޖެ އައިސްފަ އެވެ.

Ad
rt

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯ އިން އަންނަނީ ރާއްޖެ އަށް ބޭނުންވާ ކާބޯތަކެެތީގެ އިތުރުން، ބޭހާއި މެޑިކަލް ސާމާނު ވެސް ރާއްޖެ ގެންނަމުންނެވެ. އެގޮތުން، ސިއްހީ ހިދުމަތްތެރިން ރައްކާތެރިވުމަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ކިޓާއި އެ ނޫން ވެސް މެޑިކަލް ސާމާނު، ފްލައިޓެއް ޗާޓަރުކޮށްގެން މިދިޔަ މަހުގެ ފަހުކޮޅު ވެސް ރާއްޖެ ގެނެސްފައިވެ އެވެ.

އެސްޓީއޯ އިން ބޭހުގެ ބާވަތްތައް ރާއްޖެ ގެނެސްފައިވާއިރު، އޮންލައިންކޮށް ބޭސް ސިޓީ ފޮނުގައިގެން ބޭސް ޑެލިވާކުރުމުގެ ހިދުމަތް އެސްޓީއޯ އިން އަންނަނީ ދެމުންނެވެ. އެގޮތުން، މި ޕޯޓަލްމެދުވެރިކޮށް، އެސްޓީއޯ އަށް ބޭސް ސިޓީ ފޮނުވޭނެ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 744 މީހަކު ވަނީ ފެނިފަ އެވެ.